ދިވެހިރާއްޖެ
ތ. ކިނބިދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިނިސްޓްރީ ނަންބަރު IUL)23-AP/1/2015/184ފ(04 އޮގަސްޓު 2015) އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ލިޔެވިފައިވަނީ ތ. ހިރިލަންދޫ ޞިއްޙީމަރުކަޒު ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، ތ. ކިނބިދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހުގެ 14:00އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ، ތ. އަތޮޅު ހޮސްޕިޓަލް އަދި ތ. ކިނބިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 30 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ، ތ. އަތޮޅު ހޮސްޕިޓަލް އަދި ތ. ކިނބިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
21 ޝައްވާލް 1436