ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

      އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް

GS 3

މަޤާމުގެ ރޭންކް

1 (އެކެއް)

ބޭނުންވާ އަދަދު

ސުޕްރީމް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން

-/4465 ރުފިޔާ

އަސާސީ މުސާރަ

މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50 އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް.

މި މަޤާމަށް ލިބޭ އެލަވަންސް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން  ނުވަތަ  މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް ލިބެމުންދިއުމާއެކު، GS 2  ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

 

އަސާސީ ޝަރުޠު

1- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ހަމަޖެއްސުން.

2- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެބޭފުޅުންގެ ޕްރޮޓޮކޯލް ބެލެހެއްޓުމުގެގޮތުން އެބޭފުޅުންގެ އަރިހުގައި ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރުން.

3- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ބޭނުންފުޅުވާ އިދާރީ ކަންކަމާއި ޕްރޮޓޮކޯލާ ގުޅޭ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން.

4- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެއާޕޯޓަށް ގޮސް ކުރަންޖެހޭ ކަންކަން ކުރުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

 

 

ހުށަހަޅަންޖެހޭ ތަކެތި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ފޮނުވުން އެދެމެވެ.

ސުންގަޑި

މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، 6 ސެޕްޓެންބަރު 2015 އިން ފެށިގެންނެވެ.

އިންޓަވިއު

1- މި މަޤާމަށް ހުށަހެޅޭ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދެވޭ މިންވަރެއްގެ މައްޗަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެއްމެ ރަނގަޅުކަމަށް ފެންނަ ފަރާތަކަށް އިސްކަންދެވޭނެއެވެ.

2- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

3- މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމް މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓުގެ އެޑްރެހަކީ www.supremecourt.gov.mv  އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ރިސެޕްޝަން ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ.

 

 

އިތުރު މަޢުލޫމާތު

21 ޝައްޥާލް 1436

06 އޮގަސްޓް 2015
ހޯދާ