ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީގެ ދަށުން ވިލިނގިލީގައި ހިންގާ ޑިޓޮކްސިފިކޭޝަން ސެންޓަރަށް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

20 އޮގަސްޓު 2015

ބުރާސްފަތި

13:00 (މެންދުރުފަސް)

އަންދާސީހިސާބު ހުށަހެޅުއްވުން

25 އޮގަސްޓު 2015

އަންގާރަ

13:00 (މެންދުރުފަސް)

21 ޝައްވާލް 1436

06 އޮގަސްޓް 2015
ހޯދާ