ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުއްވުމުގެ ދަޢުވަތު
ސްކޫލް ދަރިވަރުންގެ ތިމާވެށީގެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ކޭޓަރިންގ ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 20 އަދި 21 އޮގަސްޓު 2015 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކޫލް ކުދިންގެ ތިމާވެށީގެ ޤައުމީ މަހާސިންތާގައި ބައިވެރިވާ ފަރާތްތަކަށް ކޭޓަރިންގ އަދި ބައްދަލުވުން ހިނގަމުންދާއިރު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކޮފީއާއި ބޯފެނުގެ ޚިދުމަތް މިމަޢުލޫމާތާ އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ބައްދަލުވުމަށް ބޭނުންވާ ކޭޓަރިންގގެ ޚިދުމަތް ފޯރުކޮށްދެއްވަންޖެހޭ ގޮތްތަކާއި ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމަޖެހިފައި ހުންނަންޖެހޭގޮތް ތިރީގައި ދެންނެވިފައި މިވަނީއެވެ.
20 އޮގަސްޓު 2015
ގަޑި |
މީހުންގެ އަދަދު |
ތަފުސީލު |
09:00 |
350 |
ހެނދުނު ސައިފޮދު:
|
12:00 |
300 |
މެންދުރު ކެއުން
|
16:00 |
300 |
ހަވީރު ސައިފޮދު
|
21 އޮގަސްޓު 2015
ގަޑި |
މީހުންގެ އަދަދު |
ތަފުސީލު |
08:00 |
300 |
ހެނދުނު ސައިފޮދު:
|
13:30 |
300 |
މެންދުރު ކެއުން
|
16:00 |
300 |
ހަވީރު ސައިފޮދު
|
- 350 މީހުންނަން ކޭޓަރ ކުރެވޭ ފެންވަރުގެ ކޮފީ/ސައި ސްޓޭންޑަކާއި، ފެނާއި، ދުފާ އެއްޗެހީގެ އިތުރުން މައުތު ފްރެޝްނަރ ލިބެން ހުންނަންވާނެއެވެ.
- މިމަހާސިންތާގައި ފެންފުޅި ބޭނުމެއް ނުކުރެވޭނެއެވެ. އެހެންކަމުން ފޯރަމް ހިނގަމުންދާއިރު ހުރިހާ މޭޒެއްގައިވެސް ޖަގަށް ފެން އަޅާފައި ބިއްލޫރި ތަށްޓާއެކު ހުންނަންވާނެއެވެ. މިގޮތުން ކޮންމެ 2 މީހަކަށް ބިއްލޫރި ޖަގަކާއި ކޮންމެ މީހަކަށް ބިއްލޫރިތަށްޓެއް ހުންނަންވާނެއެވެ.
- ކޭޓަރ ކޮށްދޭ ފަރާތުން ކޭޓަރިންނާ ގުޅުންހުރި އެންމެހާ މަސައްކަތް ކޮށްދެއްވަންވާނެއެވެ.
- ވޭޓަރުންގޮތުގައި ތިބޭ މީހުންނަކީ ކޭޓަރކޮށްދޭ ފަރާތުގެ ބައެއްކަން ދޭހަކޮށްދޭ ޔުނީފޯމުގައި ތިބޭ ބައެއް ކަމުގައި ވާންވާނެއެވެ.
- ކޮފީ އަދި ސައި ހަމަޖެއްސުމުގައި ޑައިބެޓިކް ޝުގަރވެސް ލިބެން ހުންނަންވާނެއެވެ.
އަގު ހުށަހަޅުއްވާއިރު ފުރިހަމަކުރަންޖެހޭ ކަންތައްތައް
- އަގު (އަންދާސީހިސާބު) / އަގު ހުށަހަޅުއްވަންވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭގޮތަށް.
- ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
- އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2011 ގެ ޖަނަވަރީން 2015 ގެ މި ދުވަހާ ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.
މިމަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ބިޑްތައް އިވެލުއޭޓު ކުރެވޭ ގޮތުގެ ތަފުސީލު
- އަގަށް: 60 ޕޮއިންޓު
- އެންމެރަނގަޅު ހުށަހެޅުމަކަށް: 20 ޕޮއިންޓު
- ތަޖުރިބާ: 20 ޕޮއިންޓް
ދާއިރާއާ ގުޅޭގޮތުން ފާއިތުވެފައިވާ 3 އަހަރުގެ ތެރޭގައި މިބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި މަސައްކަތްތަކާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާފައި
- މަސައްކަތް ޙަވާލު ކުރުމުގައި ޓެކްނިކަލްއިން ފާސްވުމަށްފަހު ފައިނޭންޝިއަލް އިވެލުއޭޝަނަށް ބަލައި އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ބިޑް އެވޯޑް ކުރެވޭނެއެވެ.
- ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
- ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިޢުލާނުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7745331 އަށް ގުޅުއްވުން އެދެމެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv