މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ޑިޒައިން ބިލްޑް ކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ޑިޒައިން ބިލްޑް ކުރުމަށް ބޭނުންވެއެވެ.

1- މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ބޭނުމަށް ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިޔުރިޓީ އަދަދު

ހދ.ކުޅުދުއްފުށި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް

TES/2015/W-120

-/20,000ރ

ސ.ފޭދޫ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް

TES/2015/W-121

-/20,000ރ

ޏ.ފުވައްމުލަކު އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް

TES/2015/W-122

-/20,000ރ

ގދ.ތިނަދޫ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް

TES/2015/W-123

-/20,000ރ

2- މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

   1-GC01-4 ,GC01-3 ، GC01-2 ، GC01 އަދި GC01-5

3- ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 10 އޮގަސްޓު 2015 އިން 20 އޮގަސްޓު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

5- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6- މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހުގެ 14:30 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

7- ބީލަން ހުޅުވުން އޮންނާނީ 2015 އޮގަސްޓު 31 ވާ ހޯމަ ދުވަހުގެ 14:30 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.  ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

   ފޯން: 3349105       3349106

   ފެކްސް: 3320706       3324432

   އީމެއިލް: [email protected]

   ކޮޕީ: [email protected]

10 އޮގަސްޓް 2015
ހޯދާ