މާއެނބޫދޫ މަދަރުސާ
ދިވެހިރާއްޖެ
ޕްރިންޓަރ

ވަޒީފާގެފުރުޞަތު:

މަޤާމު: ޕްރިންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ނަންބަރު: 250734

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 3

ސަރވިސް: ސަޕޯޓް ސްޓާފްް

މަޤާމުގެ ރޭންކް: އެސް. އެސް. 3 (ސަޕޯޓް ސްޓާފް 3)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ތ. ކިނބިދޫ ސްކޫލް

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/3875 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގެ މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ އެހެނިހެން ޢިނާޔަތްތައް، ސިވިލް ސަވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ދުވަހުން ދުވަހަށް ޕްރިންޓް ނެގުމާއި، ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން/ ޕްރިންޓް ކުރާ ތަކެތީގެ ރެކޯޑު ބެލެހެއްޓުން (ޓެސްޓާ ގުޅުންހުރި ލިޔުމެއްނަމަ. އެ ފެންނަންޖެހޭ ފަރާތް ނޫން އެހެންފަރާތްތަކަށް ނުފެންނާނޭހެން ބެހެއްޓުން)

2. އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ޙާލަތްތަކާއި، އެހެން ޙާލަތްތަކުގައި އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

3. ޕްރިންޓް ކުރުމާއި ފޮޓޯކޮޕީ ނެގުމުގެ މަސައްކަތަށް ބޭނުންވާ ތަކެތީގެ ސްޓޮކް ބަލަހައްޓަންވާނެއެވެ.

4. މަރާމާތުކުރަންޖެހޭ ތަކެތި ފާހަގަކޮށް އެތަކެތީގެ މަޢުލޫމާތު އިސް ފަރާތްތަކަށްދީ އެތަކެތި ވީހާ އަވަހަކަށް މަރާމާތު ކުރެވޭނެގޮތް ހަދަންވާނެއެވެ. 

5. އެކިއެކި ބޭނުންތަކުގައި ސްކޫލުގެ އޮފީހަށް އަންނަ ފަރާތްތަކަށް އިޙުތިރާމްކުރަންވާނެއެވެ.

6. ބޭނުންކުރާ މެޝިނަރީޒްތައް ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަންޖެހޭނެއެވެ.

7. ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތްވަރަކުން އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވާންވާނެއެވެ.

8. ސްކޫލުގައި މަސައްކަތްކުރަންވާނީ ހުރިހާ އެންމެންނަށް ހަމަހަމަވާނެގޮތަކަށެވެ.

09. ސްކޫލުގެ އެއްވެސް ސިއްރެއް، އެއްވެސް ފަރާތަކަށް ހާމަކުރުމަކީ މުޅިން މަނާކަމެކެވެ.

10. ސްކޫލުގައިވެސް އަދި ސްކޫލުން ބޭރުގައިވެސް، އެއްވެސް ކުއްޖެއްގެ ފަރާތުން ކުދިންނާ އެކަށީގެންނުވާ ކަމެއް ފެނިއްޖެނަމަ، ސްކޫލުގެ ވެރިންނަށް ވަގުތުން އަންގަންވާނެއެވެ.

11. ދަރިވަރުންނާއި މުދައްރިސުންނާ ވާހަކަދެއްކުމުގައި އަދަބުވަރިކަމަށް ސަމާލުކަން ދޭންވާނެއެވެ.

12. މުވައްޒަފުންގެގޮތުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އަދި ހަރަކާތެއްގައި ވީވަރަކުން އެހީތެރިވެ އެއްބާރުލުން ދޭންވާނެއެވެ.

13. އެއްވެސް އެއްޗެއް ނުލިބި ނުވަތަ ކަމެއްކުރަން ނޭނގުމުގެ ސަބަބުން މަސައްކަތެއް ނުނިމި އެއްވެސް ފަރާތަކަށް ލިބެންޖެހޭ ޚިދުމަތެއް ނުދެވުމުގެ ކުރީގައި ސްކޫލުގެ ވެރިންނަށް އަންގަންވާނެއެވެ.

14. އޮފީހުގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.

15.  ހެދުން އެޅުމުގައި އަބަދުވެސް ސާފުތާހިރުވުން އިސްކުރަންވާނެއެވެ. އަދި ރަސްމީގަޑީގައި ރަސްމީކޮށް ހުންނަންވާނެއެވެ.

16. މުވައްޒަފުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ދޭންވާނެއެވެ.

17. އެކަކު އަނެކަކަށް އެހީތެރިވުމަކީ މަސައްކަތްތަކަށް ފަސޭހަވުމާއި އަވަސްވާނެކަމެއްކަމަށް ބަލައި، އެކަންކަން އިސްކުރަންވާނެއެވެ.

18. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

19. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، ޢާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމަށް ބޭނުންވާ ލައިސެންސެއް/ސަނަދެއް/ތަމްރީނެއް/ހުއްދައެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް ހުށަހެޅުން އޮންނާނީ، 13 އޮގަސްޓު 2015 އާއި 18 އޮގަސްޓު 2015 އާ ދެމެދުގެ ދުވަހެއްގައި މާއެނބޫދޫ މަދަރުސާގައެވެ.

- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް، މާއެނބޫދޫ މަދަރުސާގެ އިދާރާއިން އަންގާނެއެވެ.

- އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކާ އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

3- ވަޒީފަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6- ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު. (މި ލިޔުންތަކުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

2015 އޮގަސްޓު 11 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން، މާއެނބޫދޫ މަދަރުސާގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ 7952919 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުމުން އެ މަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ.

 18 ޝައްޥާލް 1436

 

03 އޮގަސްޓް 2015
ހޯދާ