ހައްދުންމަތީ ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

މިކޯޓުގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

ކޯޓް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 01 (ރޭންކް: ޖީއެސް 03)

މުސާރަ:

-/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ

ލިވިންގ އެލަވަންސް:

-/2550 ރުފިޔާ

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ހައްދުންމަތީ ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓް   

ތަޢުލީމާއި ތަޖުރިބާ:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

ހ. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ

ށ. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ޝަރީޢަތުގެ މަޖުލިސް ތައްޔާރުކުރުން،
  2. ވަރި ކާވެނީ ސެޓުފިކެޓު ތައްޔާރުކުރުން.
  3. ވަރި ކާވަނީގެ ފޯމުތައް ބަލައިގަނެ، ޗެކްކޮށް މެޖިސްޓްރޭޓްގެ އަންގަވާގޮތެއްގެ މަތިން ހުށަހެޅުން.
  4. ކޯޓަށް ހުށަހެޅޭ ދަޢުވާ ފޯމުތައް ބަލައިގަނެ، ޗެކްކޮށް މެޖިސްޓްރޭޓް އަންގަވާގޮތެއްގެ މަތިން ހުށަހެޅުން.
  5. ކޯޓަށް މީހުން ހާޒިރުކޮށް ޗިޓް ތައްޔާރުކުރުން،
  6. ކޯޓަށް ހާޒިރުނުވާ މީހުންގެ ޖޫރިމަނާ ޗިޓް ތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން،
  7. ލީގަލް އެސިސްޓެންޓެއް ނެތްތަންތާނގައި ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ލަފާފުޅާއެކު އެމަސައްކަތްކުރުން،
  8. ކޯޓުގެ ވެރިން ހަވާލުކުރާ ރަސްމީ މަސައްކަތް ކުރުން،
  9. ކޯޓުގެ ތަފާސްހިސާބާއި މިނޫނަސް އެހެނިހެން ރިޕޯޓްތައް ތައްޔާރުކުރުން،
  10. ކޯޓުގެ އިސް މެޖިސްޓްރޭޓް ކުރައްވަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން،
  11. އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޗުއްޓީ ނެގުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން އެޑްމިނިސްޓްރޭޓިވް އޮފިސަރ ނެތިއްޖެ ހާލަތެއްގައި ފައިސާއާބެހޭ އެންމެހައި މަސައްކަތްކުރުން،
  12. ޝަރީޢަތާއި ގުޅޭ އެންމެހައި ފޮތްތައް ބެލެހެއްޓުން،

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

2015 އޮގަސްޓު 11 ވަނަ ދުވަހުގެ 13:30 ގެ ކުރިން، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު މިކޯޓަށް

އުޖޫރައާއި ޢިނާޔަތްތައް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 އާއި އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ ފައިސާ: ހަމަޖެހިފައިވާ އުސޫލުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު (މިފޯމު މެޖިސްޓްރޭޓް ކޯޓުތަކުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.justice.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  4. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  5. ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އެހެނިހެން ކަންތައްތައް

  • މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  • މި މަޤާމުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ސްކީމުގެ ދަށުން ބޭސްފަރުވާގެ ޚިދުމަތް ހަމަޖައްސައިދެވޭނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ތަޢުލީމީ ނަތީޖާއާއި އިންޓަރވިއުގައި ހޯދާ މާކްސްގެ ޖުމުލައަށް ބަލައިގެންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން އޮންނާނީ ކޯޓުން އަންގާ ތާރީޚެއްގައެވެ. އެ ތާރީޚުން ފެށިގެން އިންޓަރވިއުއަށް ތައްޔާރުވެ ރަށުގައި ހާޒިރުވެ ތިބުމަށް ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު: 6800542 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6800542 އެވެ.

18 ޝައްވާލް 1436

03 އޮގަސްޓް 2015
ހޯދާ