މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ބައެއް ޚިދުމަތްތައް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގެ ސެކްޝަނެއްގައި ތަށިމުށި ޖަހައި، ކަބަޑެއް ބެހެއްޓުމާއި، އަދި އިތުރު ބައެއް ޚިދުމަތްތައް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 10 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 12 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

19 ޝައްވާލް 1436

04 އޮގަސްޓް 2015
ހޯދާ