ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލީގަލް ކޮންސަލްޓަންޓް

މި އޮތޯރިޓީއާގުޅޭ ޤާނޫނީ ކަންކަމުގައި ލަފާދެއްވާނެ ލީގަލް ކޮންސަލްޓަންޓެއް ބޭނުންވެއެވެ.

މި އޮތޯރިޓީގެ IUL)179-3.2/1/2015/21) ނަންބަރު އިޢުލާނުން "ލީގަލް ކޮންސަލްޓަންޓް" އަކަށް 16 ޖުލައި 2015 ގައި ހުޅުވާލި ފުރުޞަތަށް އެކަށީގެންވާ ޢަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ އަދަދު: 01 (އެކެއް)

މުއްދަތު : (އޮގަސްޓު 2015 އިން ޑިސެންބަރު 2015 އަށް)

ޝަރުޠު: ޤާނޫނީ ދާއިރާއިން ބެޗެލަރސް ޑިގްރީ އެއް ހާސިލުކޮށްފައިވުން އަދި މަދުވެގެން 01 (އެކެއް) އަހަރު ދުވަހު ކޯޓުތަކުގައި ވަކަލާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން  

އަދާކުރަންޖެހޭ މަސްއޫލިއްޔަތު: އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި އަދި ޤާނޫނާއި ގަވާއިދު އެކުލަވައިލުމުގެ މަސައްކަތްކުރުން

އުޖޫރަ: މަހަކު -/10,000ރ (ދިހަ ހާސް ރުފިޔާ)

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ އެޓެސްޓްކޮށްފައި)
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެ ކޮޕީ

މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މީގެ އިތުރުން މިފުރުޞަތު ދެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު، އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

މިިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 14:30ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ/ އެމް.ޓީ.ސީ.ސީޓަވަރ، 4 ވަނަފަންގިފިލާ

ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް: 3336624

އީމެއިލް: [email protected]

18 ޝައްވާލް 1436

03 އޮގަސްޓް 2015
ހޯދާ