މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

މަޤާމުގެ ނަން: ޑެޕިއުޓީ ޑިރެކްޓަރ 

ބޭނުންވާ އަދަދު: 1

މުސާރަ: -/10،800 ރުފިޔާ

ޑެއިލީ އެލަވަންސް: -/7،200 ރުފިޔާ 

އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އެސޫލުން ފައިސާ ދެވޭނެއެވެ.

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  • ތިމާވެށްޓާ ގުޅުންހުރި ދާއިރާއަކުން (ސައިންސް) މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ،
  • ތިމާވެށްޓާ ގުޅުންހުރި ދާއިރާއަކުން (ސައިންސް) ޑިގްރީ ހާސިލުކޮށް، އަދި ތިމާވެއްޓާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 2015 އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގެ ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

އިތުރު މަޢުލޫމާތު

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323228 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 3 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • މިމަޤާމަށް މީހުން ހޮވުމުގައި އެންވަޔަރަމަންޓް އަދި ސައިންސާ ގުޅުންހުރި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

އަބްދުﷲ ޒިޔާތު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

18 ޝައްވާލް 1436 ހ.

03 އޮގަސްޓް 2015
ހޯދާ