ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބައެއް ތަކެތި އޮފްސެޓް ފެންވަރުގައި ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ބައެއް ތަކެތި އޮފްސެޓް ފެންވަރުގައި ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

-  ގުރެޖުއޭޝަން ކާޑް

-  ގުރެޖުއޭޝަން ބުކްލެޓް

-  ކޯސްތަކުގެ އަތްމަތީފޮތް

-  އިތުރު ތަކެތި

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 11 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

20 ޝައްވާލު 1436

05 އޮގަސްޓް 2015
ހޯދާ