ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނަންބޯޑް އަދި ކެންވަސް/ ބެނާ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭނުންކުރާ ނަންބޯޑު އަދި ކެންވަސް/ ބެނާ ހެދުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 11 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 12:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުކަރުދާސް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

21 ޝައްވާލު 1436

06 އޮގަސްޓް 2015
ހޯދާ