މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސީނިއަރ ކައުންސެލަރ

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ސީނިއަރ ކައުންސެލަރ

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް

ޝަރުޠު:

  • ކައުންސެލިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިިލުކޮށްފައި ވުމާއެކު، ސޯޝިއޯލޮޖީ/ސައިކޮލޮޖީ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ކައުންސެލިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސޯޝިއޯލޮޖީ/ސައިކޮލޮޖީ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ކައުންސެލިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ކައުންސެލިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިކޮލޮޖީ/ސޯޝިއޯލޮޖީގެ ދާއިރާއިން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކައުންސެލިންގެ ޚިދުމަތްދެވޭ މީހުންގެ ރެކޯޑްސް ބަލަހައްޓާތޯ ޗެކްކުރުމާއި ޑާޓާބޭސް މޮނިޓަރ ކުރުން.
  • ކައުންސެލަރުންގެ ޢަމަލުތައް ހުންނަނީ ކޯޑް އޮފް ކޮންޑަކްޓަރއާ އެއްގޮތަށްތޯ ޔަގީން ކުރުން.
  • ކައުންސެލިންގ ސެޝަންތައް ނަގައި ދިނުމާއެކު އީއޭ އަދި ސުޕަރވިޝަންގައި ބައިވެރިވުން.
  • ކޮންމެ މަހެއްގެ މަންތްލީ ރިޕޯޓުތައްޔާރުކޮށް އެ މަސައްކަތާގުޅޭ މުވައްޒަފާ ޙަވާލުކުރުމާ އަދި ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގައި ހިނގައިދިޔަ ކަންތައްތަކުގެ ރިޕޯޓު ތައްޔާރުކޮށް މަރުކަޒުގެ ކަމާބެހޭ މުވައްޒަފާ ޙަވާލުކުރުން.
  • ޔޫތު ހެލްތް ކެފޭ އަދި ކައުންސެލިންގ އަކީ ޒުވާނުންނާއި ރަޙުމަތްތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުން.
  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއެކު ރަނގަޅު ގުޅުމެއް ބާއްވާ، ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ސެކްޝަންގެ ވެރިޔާއަށް ރިޕޯޓްކުރުން.
  • ޒުވާނުންނަށް ދުޅަހެޔޮ ޞިއްޙަތެއް ޤާއިމުކޮށް ދިނުމަށް އެހީވެދިނުމަށް ތަފާތު ޕްރޮގްރާމްތައް ރޭވުން
  • ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް ރޭވުން.
  • ޔޫތު ހެލްތްކެފޭ އަދި ކައުންސެލިންގ ޙަރަކާތްތައް ޕްލޭން ކުރުމާއި އަހަރީ ކަލަންޑަރާ އެއްގޮތަށް ރާވައި ހިންގުން.
  • ތީމެޓިކް ސެޝަންތައް ކޯޑިނޭޓްކޮށް ރާވައި މޮނިޓަރކޮށް ބެލެހެއްޓުން
  • ޕިޔަރ އެޑިޔުކޭޝަން ޕްރޮގްރާމް ހަރުދަނާ ކުރުމަށާއި ފެންވަރު ރަނގަޅު ޕިޔަރ އެޑިޔުކޭޓަރުންތަކެއް އުފެއްދުމަށް މަސައްކަތް ކުރުން.
  • ސެކްޝަނުން ހިންގާ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  • ޔޫތު ހެލްތް ކެފޭއަށް ޒިޔާރަތްކުރާ ފަރާތްތަކާއި އަދި އަންނަ ފޯނުކޯލްތަކަށް ރަނގަޅު މަޢުލޫމާތު ފޯރުކޮށް ދިނުން.
  • ޔޫތު ހެލްތް ކެފޭ އަދި ޔޫތު ކައުންސެލިންގެ މުވައްޒަފުންނާ ޙަވާލުކުރެވިފައިވާ މަސައްކަތްތައް ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދުވަހުން ދުވަހަށް ކުރަމުންދޭތޯ ސުޕަވައިޒްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ ކަންތައްތައް ހުންނަނީ ސިވިލް ސަރވިސް މުވައްޒަފުންގެ އަޚުލާޤީ މިންގަޑާއި ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް)އާ އެއްގޮތަށްތޯ ބަލާ އެއާ ޚިލާފުވާ މުވައްޒަފުންގެ މައްސަލަތައް ސުޕަރވައިޒަރަށް ރިޕޯޓުކުރުން.
  • ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔަމުންދޭތޯ ބަލާ ޗެކުކުރުން.

ނޯޓް:

  • މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ކައުންސެލިންގ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
  • މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  • މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
  • ސުންގަޑި: 2015 އޮގަސްޓު 16 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

19 ޝައްވާލް 1436

04 އޮގަސްޓް 2015
ހޯދާ