ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤާނޫނީ ލަފާ ދިނުމުގައި އެހީތެރިވެދިނުމަށް ލޯފާމެއް ހޯދުމަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެކިއެކި ކަންކަމުގައި ޤާނޫނީ ލަފާ ދިނުމަށާއި، މިޔުނިވަރސިޓީގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށް އެހީތެރިވެދިނުމަށް ލޯފާމެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޤާނޫނީ ލަފާ ދިނުމަށް އެދޭ ފަރާތްތަކުން ފަރާތްތަކުން 12 އޮގަސްޓު 2015 ވާ (ބުދަ) ދުވަހުގެ 13:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮގަސްޓު 2015 ވާ (ބުދަ) ދުވަހުގެ 14:30 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3321295 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

18 ޝައްވާލް 1436

03 އޮގަސްޓް 2015
ހޯދާ