ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
މަސައްކަތްތައް ކުރަން

ރާއްޖޭގެ ދެކުނުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އެސްޓީއޯ ހުޅުމީދޫ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި މިދަންނަވާ މަސައްކަތްތައް ކުރަން ބޭނުންވެއްޖެއެވެ.

  • ކަރަންޓް ވައިރުކުރުމުގެ މަސައްކަތް.
  • އޭސީ ހަރުކުރުމުގެ މަސައްކަތް.
  • ޑޯރ އެކްސެސް އަދި ސެކިއުރިޓީ ކެމެރާ ހަރުކުރުން.
  • ޕެންޓްރީގައި ސިންކެއް ބަހައްޓައި، ފެންވައިރު އެޅުން.
  • ސްޓޭޖް ހެދުމާއި ކޯޓުރޫމުގެ ބެކް ޕެނަލް ހަރުކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓް ނުވަތަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 10:30 އަށް ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓް ނުވަތަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

19 ޝައްވާލް 1436

04 އޮގަސްޓް 2015
ހޯދާ