ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓަންޓް އޮފިސަރ

މި ކުންފުނީގެ ނަންބަރު 60ADM/2015/225 އިއުލާންނަށް އެކަށީގެންވާ ކެންޑިޑޭޓެއް ލިބިފައިނުވާތީ މި އިއުލާން ބާޠިލު ކުރުމަށްފަހު ތިރީގައިމިވާ މިޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު: އެސިސްޓަންޓް އޮފިސަރ

އަދަދު: 1

އަސާސީމުސާރަ: 3380.00ރ

ވަޒީފާގެ ބާވަތް: 1 އަހަރު ކޮންޓްރެކްޓް

މަސައްކަތްކުރަންޖެހޭ ޑިޕާޓްމަންޓް/ ތަން: އެސްޓީއޯ ވެހިކަލް ގަރާޖް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1500ރ – -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރު ގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން
  • ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީސް ރިޕޯޓުތައް ހެދުން އަދި ޑޮކިއުމަންތައް ބެލެހެއްޓުން
  • އެހެނިހެން ޑިޕާޓްމަންޓްތަކާ މުޢަމަލާތުކުރުން
  • އެހެނިހެން އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން

ތަޢުލީމާއިތަޖްރިބާ:

  • ޖީސީއީ އޯލެވެލް ނިންމާފައިވުން ނުވަތަ އެއަައްވުރެ މަތީ ސަނަދެއް ހާސިލުކޮއްފައިވުން
  • މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން އެގުން

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އޮގަސްޓު 10ވާ ހޯމަ ދުވަހުގެެ 12:30 ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް:http://www.stomaldives.com/downloads

ނޯޓް:

  • ހުށަހަޅާ ސެޓްފިކެޓްތަކަކީ އެޓެސްޓެޑް ކުރެވިފައިވާ ސެޓްފިކެޓްތަކަކަށް ވާންވާނެއެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށްބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345

ފޯން: 3344264، ފެކްސް: 3344041، ވެބްސައިޓް:www.stomaldives.com

03 އޮގަސްޓް 2015
ހޯދާ