ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

ވަޒީފާގެ ފުރުޞަތު

މަޤާމު: ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 03 (ތިނެއް)

މުސާރަ: -/11,158 ރުފިޔާ

ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

ރިސްކް އެލަވަންސް: -/2,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: ހދ. ގޮފި/ ކުޅުދުއްފުށި

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: މިއޮފީހަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު: ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ން ފެށިގެން މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %55 އާއި، ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް މަހަކު -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މިމަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަކަށެވެ.    

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 12 އޮގަސްޓު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީއާއި، އަދި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުންއެދެމެވެ. މިމަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އިންޓަވިއުއަކަށް ނުކިޔޭނެއެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])

17 ޝައްވާލު 1436

02 އޮގަސްޓް 2015
ހޯދާ