މަޤާމު
|
ސުޕަވައިޒަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް. 3 / އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
01
|
މަޤާމު ނަންބަރު
|
266880
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ހާބަރ މެނޭޖްމަންޓް - އާންމު ޚިދުމަތްތަކާބެހޭ ބައި / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
- މުސާރަ: -/4465ރ
- ސަރވިސް އެލަވަންސް: -/1500ރ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ފަޅައް ވަދެ ނުކުމެވާ އުޅަނދު ފަހަރުގައި ފަޅުހުއްދަ އޮތްތޯ ބެލުން.
- މީހުން އަރާ ފައިބާ ސަރަހައްދުތަކުގައި މީހުންއަރުވާ ބޭލުން ނޫން ގޮތަކަށް އަޅައިގެންތިބޭ އުޅަނދުފަހަރު ނެގުން.
- މަސްމާރުކޭޓް ސަރަހައްދުގައި މަހަށް ނުފުރާތާ 7 ދުވަސްވާ އުޅަނދުފަހަރު ފާހަގަކޮށް އެފަދަ އުޅަނދުފަހަރާމެދު ފިޔަވަޅު އެޅުން.
- މަސްމާރުކޭޓަށް މަސް ބާލަން ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި މަސް ބޭލުންނޫންގޮތަށް އުޅަނދެއް އަޅާފައިވާ ނަމަ އެ އުޅަނދެއް ނެގުން އަދި ނުނަގާ އުޅަނދުފަހަރުގައި ސްޓިކަރ ޖެހުން.
- ބަނދަރުމަތީ އެއްވެސް ސަރަހައްދެއްގައި ގަވާއިދާ ޚިލާފަށް މުދާ ބަހައްޓާތޯ ބެލުމާއި އަދި ހުއްދަނެތި ބަހައްޓާ މުދާ ނެގުމާއި، އެފަދަ ތަކެތި ނެއްތައިލުމުގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ވަގުތުން ރިޕޯޓްކުރުން.
- މި ސަރަހައްދުން އުޅަނދުފަހަރަށް ތެޔޮ އަޅަން ހަމަޖެފިފައިވާ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދަކުން ތެޔޮ އަޅާނަމަ އެކަން ހުއްޓުވުން.
- ފައްތިއާ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ފައްތިއާ ހުއްދަ އޮތްތޯ ބަލައި ޗެކުކުރުމާއި ހުއްދަ ނެތް ފަރާތްތަކާމެދު ފިޔަވަޅު އެޅުނ.ް
- އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު އެއްގަމުތޮށި މައްޗަށް އަރުވައިގެން އުޅަނދު ފަހަރަށް މުދާ އަރުވައި ބާލާނަމަ އެކަން ހުއްޓުވައި އެ އުޅަނދެއް ތޮށިމަތިން ބޭލުވުން.
- ފަޅުގައިވާ އުޅަނދަކަށް ކެރޭން އަދި ކެރޭން ލޮރީ ބޭނުންކޮށްގެން ހުއްދަނެތި އެއްވެސް އެއްޗެއް އަރުވާ ބާލާނަމަ އެކަމެއް ހުއްޓުވުން.
- ފަޅުތެރޭގެ އެއްވެސް ސަރަހައްދަކަށް އުޅަނދެއް އަޑިއަށް ހިނގައްޖެ ނަމަ ސެކްޝަނަށް އެއުޅަނދާ ބެހޭ ރިޕޯޓު ކުރުން.
- ހުއްދަނެތް ސަރަހައްދަކުން މުދާ އަރުވާ ބާލާނަމަ އެކަންހުއްޓުވާ އެފަދަ އުޅަނދު ފަހަރާމެދު ފިޔަވަޅު އެޅުން.
- އެސަރަހައްދުގެ ނެރުބައްތިތަކާއި، ކަނޑުތޮށްޓާއި އެއްގަމުތޮށި ބެލެހެއްޓުމާއި، އެތަން ތަނަށް ލިބޭ ގެންލުންތަށް އޮފީހުގެ ކަމާބެހޭ ބަޔަށް ރިޕޯޓު ކުރުން.
- މީހުން އަރައި ފޭބުމަށް ޚާއްޞަ ސަރަހައްދުތަކާއި އެފަދަ އުޅަނދު ފަހަރު އަޅާފައި ބޭއްވުން މަނާ ސަރަހައްދުތަކުގައި އަޅައިގެން ތިބޭ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމާއި އެފަދަ އުޅަނދުފަހަރު އެތަންތަނުން ނެގުން.
- ފަޅުތެރޭގެ އެކި ކަންކަމާ ބެހޭގޮތުން ނަގަންޖެހޭ ރިޕޯޓުތަށް ނެގުމާއި ބަހަންޖެހޭ ލިޔުންތައް ބެހުން.
- މިސަރަހައްދު ބޭނުންކުރާ އެއްވެސް އުޅަނދަކުން ސަރަހައްދުގެ މޫދަށާއި އެއްގަމަށް ކުނި އަޅާތޯ ބެލުމާއި ކުނިއަޅާ އުޅަނދުފަހަރަށް ފިޔަވަޅުއަޅުމަށް "ކުނިމެނޭޖްކުރުމާއި ބެހޭ ގަވާއިދާ ޚިލާފުވުމުން ދެވޭ ސްލިޕް" ހަވާލުކުރުން.
- މީގެ އިތުރުންވެސް މަސައްކަތާ ގުޅޭގޮތުން މިސަރަހައްދުގައި ދިމާވާ ކަންކަން ސެކްޝަނުން އަންގާ އެންގުންތަކާ އެއްގޮތަށް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
- މުޢާމަލާތުކުރުމުގެ ހުނަރު.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 އޮގަސްޓު - ސެޕްޓެންބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
19 ޝައްވާލް 1436
|