ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެގްޒެމިނަރ (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވަގުތީ މުވައްޒަފުން ހޯދުމަށް 30 ޖޫން 2015 ގައި މި ޑިޕާޓްމަންޓުން ކޮށްފައިވާ IUL)120/1/2015/32) ނަންބަރުގެއިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ލިބިފައިނުވާތީއާއި، އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، މި ޑިޕާޓްމަންޓުގެ، ތިރީގައިމިވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

މަޤާމް

އެގްޒެމިނަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

ދިވެހި މާއްދާގެ 9

އިސްލާމް މާއްދާގެ 9 

ޢުޖޫރަ:

-/10،000 ރުފިޔާ  

މުއްދަތު:

އޮގަސްޓު 16 އިން ސެޕްޓެންބަރު 20 އަށް

 

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް ނުވަތަ މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު، ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް މަދުވެގެން 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި މި ޑިޕާޓްމެންޓުން ހިންގާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިންގ މަސައްކަތް މަދުވެގެން 3 އަހަރު ދުވަހު ކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ސުވާލު ކަރުދާހާއި މާކިންގ ސްކީމް އެކުލަވައިލުން.

ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން:

ލިބިފައިވާ ތަޖުރިބާއާއި ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއުއިން ނުވަތަ ލިޔުމުން ޖަވާބުދާރީވާން ޖެހޭނެއެވެ.

އިންޓަރވިއު ކުރުން:

މި މަޤާމްތަކަށް މީހުން ހޮވުމަށް އިންޓަވިއުކޮށް، ލިޔުމުން ޖަވާބުދާރީކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.dpe.edu.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)

ނ- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ރ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ.

ބ- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ)

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

ތަކެތި  ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ (ފިލާ ބިލްޑިންގ 2، ބޮޑުތަކުރުފާނު މަގު، 2 ވަނަ ފަންގިފިލާގެ) ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 14:30 އެވެ.

13 ޝައްޥާލުް 1436

04 އޮގަސްޓް 2015
ހޯދާ