ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤާރީ ކޯސް ލެވެލް 1 އަދި ލެވެލް 3 ގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން 

ކީރިތި ޤުރުއާނާބެހޭ މަރްކަޒުން 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު ޤާރީކޯސް ލެވެލް 1 އަދި ޤާރީ ކޯސް ލެވެލް 3 ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1

ޝަރުޠު:     

  • ފަށާތަޢުލީމު ހާސިލުކޮށްފައިވުން ( ގްރޭޑް 7 ނިންމާފައިވުން ). ނުވަތަ،
  • ކާތިބުކަމުގެ ސަނަދަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ކީރިތި ޤުރުއާނާބެހޭ މަރްކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު: 2 މަސް

ފޯމުލުމުގެ ސުންގަޑި: 27 އޮގަސްޓު 2015

ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 3

ޝަރުޠު: ޤާރީކޯސް ސެޓްފިކެޓް ލެވެލް 2 ހަދާފައިވުން.

މުއްދަތު: 7 މަހާއި 15 ދުވަސް

ފޯމުލުމުގެ ސުންގަޑި: 01 ސެޕްޓެންބަރު 2015

ވީމާ، މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 09 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުން ފެށިގެން މި މަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން އެ ކޯހެއްގެ މުއްދަތު ހަމަވާ ދުވަހުގެ 14.30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

19 ޝައްވާލް  1436

04 އޮގަސްޓް 2015
ހޯދާ