ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް. އެސް. 1 (މެނޭޖީރިއަލް ސަރވިސް)

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މަޤާމުގެ ގިންތި:

ދާއިމީ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވާންސް:

މަހަކު 2000.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:    

1. މަކުނުދޫ ކައުންސިލުން ކުރަމުންގެންދާ ތަރައްޤީއާބެހޭ ކަންކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތައް، ކައުންސިލުންދޭ އިރުޝާދާ އެއްގޮތަށް، ކައުންސިލުގެ "އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް" ޔުނިޓު ހިންގުމާ ހަވާލުވެހުންނަވާ ވެރިއެއްގެ ލަފާގެމަތިން ކުރުން.

2. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ޕްރީ ސްކޫލުގެ ޚިދުމަތްތައް ދިނުމާއި، ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް، ޔުނިޓުގެ އިސްވެރިއެއްގެ ލަފާގެމަތިން ރާވައި ހިންގުން.

3. ރަށުގެ ބިމާއި، ފަޅާއި، ފަރު، ހެޔޮގޮތުގައި ރައްޔިތުންނަށް ފައިދާހުރިގޮތަށް ބޭނުންކުރުމަށްޓަކައި، ކައުންސިލުން ހަދާ ޤަވާޢިދުތަކާއި އުޞޫލްތަކާ އެއްގޮތަށް އެކަންކަން އިންތިޒާމްކޮށް، އެކަންކަމާ ގުޅިގެން ހަދަންޖެހޭ އެންމެހައި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި މަސައްކަތު ހަރަކާތްތައް އެކުލަވާލައި، އެކަންކަމުން ރަނގަޅު ނަތީޖާ ނެރެވޭގޮތަށް މަސައްކަތްކުރުން.

4. ރަށުގެ ޕްލޭނިންގއާބެހޭ އެންމެހައި ދާއިރާތަކުގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކަށާއި އޮފީސްތަކަށް ބަރާބަރަށް، ކަނޑައެޅިފައިވާ މުއްދަތަކަށް ފޮނުވުން.

5. އައިޑީ ކާޑު ހެދުމާއި، ކާޑާ ގުޅިގެން ފޮނުވަންޖެހޭ ލިޔުންތައް ޑީ. އެން. އާރަށް ފޮނުވުން.

6. ރަށުގެ އާބާތުރަ ފިލުވުމަށާއި، ރަށުގެ ޒީނަތްތެރިކަން އިތުރުކުރުމަށް ރާވައި ހިންގާ އެންމެހައި ކަންކަން ޑިޒައިންކޮށް، އެކަންކަން އެޖެންޑާކުރުމަށް ކައުންސިލަށް ފޮނުވައި، ކައުންސިލުން ނިންމާގޮތެއްގެމަތިން އެކަންކަން ތަންފީޒުކުރުމަށް މަސައްކަތްކުރުން.

7. ރަށުގެ ބިން އިތުރުކުރުމަށާއި، ބިމާއި، ފަޅާއި، ފަރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ހަދަންޖެހޭ އެންމެހައި ޕްލޭންތައް ތައްޔާރުކޮށް، އެ ޕްލޭންތައް ކާމިޔާބުކުރުމަށްޓަކައި ހޯދަންޖެހޭ ފަންޑު ހޯދުމަށް ސަރުކާރާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް ފޮނުވައިގެން އެހީ ހޯދުމަށާއި، އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

8. ކައުންސިލް އިދާރާގެ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓަށް ލިބޭ ސިޓީ، މެސެޖްތަކަށް ޞައްޙަ މަޢުލޫމާތު އެއްކޮށް، ޔުނިޓާ ހަވާލުވެ ހުންނަވާ ފަރާތުގެ މަޝްވަރާއާއެކު އޯވަސީޒްކުރައްވާ ކައުންސިލް މެންބަރުގެ ލަފާގެމަތީން ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެ ފަރާތްތަކަށް ފޮނުވުމާއި، ފައިލްކުރަންޖެހޭ ލިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

9. ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކައުންސިލަރުންނާ ގުޅިގެން އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކޮށް، މަސައްކަތްކުރެވޭ މާޙައުލަކީ ހިތްހަމަޖެހިގެން މަސައްކަތްކުރެވޭ މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން.

10. މިނޫނަސް މަޤާމުގެ ދާއިރާގެ ތެރެއިން، އެޗް.އާރު.އެމް.ޑީ. ކޮމިޓީގެ މަސައްކަތާއި، ދިވެހި ސިވިލް ސަރވިސް ޤާނޫނާއި ޤަވާޢިދާއި އުޞޫލްތަކާ އެއްގޮތްވާގޮތުގެމަތިން ކައުންސިލަރުންނާއި އެހެނިހެން ވެރިން އަންގަވާ މަސައްކަތްތައް ކުރުން.

11. އިންޞާފްވެރިކަމާއި، ތެދުވެރިކަމާއެކު ވަކިފަރާތަކަށްނުޖެހި، ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ މަތީގައިވާ މަސައްކަތްތައް ކުރުން.

މަޤާމް:

އިކޮނޮމިކް ޑިވޮލޮޕްމެންޓް އޮފިސަރ

މަޤަމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް. އެސް. 1 (މެނޭޖީރިއަލް ސަރވިސް)

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

އިކޮނޮމިކް ސޯޝަލް އެންޑު މުނިސިޕަލް ސަރވިސަސް

މަޤާމުގެ ގިންތި:

ދާއިމީ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވާންސް:

މަހަކު 2000.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:   

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:  

1. އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުޝާދުގެމަތިން ރަށު ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ރަށުގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލަށް ހަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއަޔަށް ދޫކުރުމާއި ދިނުން.

2. ކައުންސިލުގެ ބެލުމުގެ ދަށުން ޚިދުމަތްދެވޭ ތަންތަނާއި، ކައުންސިލުގެ އުޅަނދުފަހަރާއި، ރަށުގެ މަގުތަކާއި ޕާކްފަދަ އާންމު ތަންތަނަށް، ކައުންސިލުން ކަނޑައަޅާ ނަންދިނުމާއި ނަން ބަދަލުކުރުން.

3. ރަށުގެ މަގުތަކާއި ޕާކްތަކާއި މައިދާންފަދަ ތަންތަން، ކައުންސިލުން އަންގާގޮތެއްގެމަތިން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.

4. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ރަށުގެ ފަރާއި ފަޅު ފަދަ ޤުދުރަތީ ވާޞިލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.

5. ރަށުގެ މަގުހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.

6. އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫނުފޯރާނޭ ގޮތެއްގެމަތިން ރަށުފެންވަރުގައި ކުނި ނައްތައިލުން.

7. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އަދި ރަށުގެ ލޭންޑު ޔޫޒް ޕަލޭނާ ތަޢާރަޒުނުވާގޮތެއްގެމަތިން ރަށުން ބިންދޫކުރުމާއި، ބިމާއި ޢިމާރާތް ރަޖިސްޓްރީކުރުމާއި، ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ރަށުގައި އިމާރާތްކުރުމުގެ ކަންކަންބަލަހައްޓައި، އެކިއެކި ފަރާތްތަކުން ރަށުގެ ބިމާގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާގޮތުގެމަތިން ބެލެހެއްޓުން.

8. މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.

9. މަގުމަތީގައި މީހުން ހިނގާއުޅުމާއި، މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމްކޮށް ބެލެހެއްޓުމާއި، ޢާއްމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުންދޭ ޚިދުމަތް، ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމްކޮށް ބެލެހެއްޓުން.

10. އޮފީހަށާއި، މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިބޭތަކެތި ބަލައިގަނެ، އެތަކެތި ހުޅުވައި، އެންޓްރީ ސިސްޓަކުގައި ރަޖިސްޓްރީކުރުން.

11. މުވައްޒަފުގެ މަސައްކަތާގުޅޭ ލިޔެކިޔުންތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއެކު، ހޯދަން ބޭނުންވާ ވަގުތު ފަސޭހައިން ފެންނާނޭހެން ފައިލްކުރުމާއި، ފައިލް ސިސްޓަމް ޤާއިމްކޮށް ޤަޥާޢިދުން ބެލެހެއްޓުމާއި،  ބޭނުންވެއްޖެ ޙާލަތެއްގައި ބޭނުންވާ ސެކްޝަނަކަށް ފޮޓޯކޮޕީ ނެގުމަށްފަހު އެ މަޢުލޫމާތެއް ނުވަތަ އެއެއްޗެއް ހަވާލުކުރުން.

12. ކައުންސިލުން ބަލަހައްޓަމުންދާ އެންމެހައި އިމާރާތްތަކުގެ މެއިންޓެނެންސް ބެލެހެއްޓުން.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤަމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ  ގްރޭޑް 1

ރޭންކް:

ޖީ. އެސް. 3 (ޖެނެރަލް ސަރވިސް)

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

ކޯޕަރޭޓް އެފެއާޒް

މަޤާމުގެ ގިންތި:

ދާއިމީ

މުސާރަ:

މަހަކު 4465.00 ރުފިޔާ

ސަރވިސްއެލަވާންސް:

މަހަކު 1500.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ  އިމްތީޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައިވުމާއެކު،  އޭގެ  އިތުރުން،  ސެކެންޑަރީ  ސްކޫލް  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކައުންސިލް އިދާރާއަށް ބޭރުން ލިބޭ ތަކެތި ބަލައިގަނެ، އެތަކެތި ހުޅުވައި، އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީކޮށް، އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

2. އިދާރާއަށް ހުށަހެޅޭ މައްސަލަތައް ރެކޯޑް ފޮތުގައި ލިޔެ، ދުވަހުން ދުވަހަށް ބެލެހެއްޓުން.

3. އިދާރާއަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި، އިދާރާއިން ބޭރަށް ލިޔެކިޔުންތައް ފައިލްކޮށް، ފައިލިންގ ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ޙާލަތެއްގައި، އެ ބޭނުންވާ ސެކްޝަނަކަށް ހޯދައި، ފޮޓޯކޮޕީ ނަގައި، ހަވާލުކުރުން.

4. އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، ރަނގަޅު މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯންކޯލްތައް ޕާސްކުރުން.

5. ސެކްޝަނަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީ ނެގުމާއި، ބައިންޑްކުރަންޖެހޭ ލިޔެކިޔުންތައް ބައިންޑްކުރުމާއި، ފެކްސްކުރަންޖެހޭ ލިޔެކިޔުންތައް ފެކްސްކުރުން.

6. އިދާރާއަށް އަންނަ މެހްމާނުން ބަލައިގަނެ، ބައްދަލުކުރަން އަންނަ ފަރާތާ ބައްދަލުކުރުވުމުގެ އިންތިޒާމް ހަމަޖެއްސުން.

7. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

8. މަގުތަކާއި ބަނދަރުމަތި ބެލެހެއްޓުމުގައި އެހީތެރިކަންދިނުން.

9. ކައުންސިލުން އެކިކަންތައްތަކަށް އެކުލަވާލާ ޓާސްކްފޯސްތަކުގައި އެހީތެރިކަން ދިނުން.

10. ލޯކަލްކައުންސިލް ޤާނޫނު ނުވަތަ އެހެންވެސް ޤާނޫނަކަށް ކައުންސިލްތަކަށް ލާޒިމުކުރާ އެންމެހައި ކަންތައްތަކަށް ޢަމަލީގޮތުން އެހީތެރިކަންދިނުން.

11. ސިޓީ މެސެޖަށް ޖަވާބުދިނުމާއި، ކައުންސިލްގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

 ސުންގަޑި:

2015 އޮގަސްޓު 16 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ވަޒީފާގެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިވާއިރު، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

- މި ވަޒީފާތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތްކުރަންޖެހޭނީ، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު  8:00 ން މެންދުރުފަހު 15:00 އަށެވެ.

- މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ، 2015 އޮގަސްޓު 18 ވާ އަންގާރަ ދުވަހުއެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑި އެފަރާތަކަށް ލިޔުމުން އެންގޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މި އިދާރާގެ 6520038 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 ޝައްޥާލް 1436

06 އޮގަސްޓް 2015
ހޯދާ