ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޢިމާރާތް ފޮޅައި ސާފުކުރުމާއި އެހެނިހެން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުގެ ހދ. އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތް ފޮޅައި ސާފުކުރުމާއި އެހެނިހެން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2015/48) އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވީ 1 (އެކެއް) ފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިއޮފީހުގެ ހދ. އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތް ފޮޅައި ސާފުކުރުމާއި އެހެނިހެން ބައެއް މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ހދ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޮގަސްޓު 17 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު، މިއޮފީހުގެ ހދ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ ހދ. އަތޮޅު ގޮފި ހިނގަމުންދަނީ ހެމްލިން، ހދ. ކުޅުދުއްފުށީގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3000655 ފޯނާއި، ނުވަތަ ހދ. އަތޮޅު ގޮފީގެ ނަންބަރު 6528250 ފޯނާ ގުޅުއްވުން އެދެމެވެ.

21 ޝައްވާލް 1436

06 އޮގަސްޓް 2015
ހޯދާ