ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވެބްސައިޓް ރިޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ  

މިއޮފީހުގެ ވެބްސައިޓް ރިޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)196-C/1/2015/47) އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވީ 2 (ދޭއް) ފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިއޮފީހުގެ ވެބްސައިޓް ރިޑިޒައިން ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޮގަސްޓު 17 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

21 ޝައްވާލް 1436

06 އޮގަސްޓް 2015
ހޯދާ