މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެންޓި-ވައިރަސް ސޮފްޓްވެއަރ ގަންނަން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި މިނިސްޓްރީއަށް އެންޓި-ވައިރަސް ސޮފްޓްވެއަރ ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު: IUL)13-E/1/2015/14) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 އޯގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 11:00އަށް މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޯގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00އަށް މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
18 ޝައްވާލު 1436
03 އޮގަސްޓް 2015
ހޯދާ