ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

ދިވެހިބަހުގެ އެކެޑަމީއަށް މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

ރޭންކު:

އެމް. އެސް. 3

ކްލެފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ސެކްޝަން:

ތާރީޚާ ބެހޭބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ

ޝަރުޠު:

  • ތާރީޚު ޢިލްމު (ހިސްޓްރީ) ނުވަތަ އިންސާނީ ޢިލްމު (ހިއުމޭނިޓީސް)ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިއިން ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ތާރީޚު ޢިލްމު (ހިސްޓްރީ) ނުވަތަ އިންސާނީ ޢިލްމު (ހިއުމޭނިޓީސް)ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިއިން ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ތާރީޚު ޢިލްމު (ހިސްޓްރީ) ނުވަތަ އިންސާނީ ޢިލްމު (ހިއުމޭނިޓީސް) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިއިން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ތާރީޚު ޢިލްމު (ހިސްޓްރީ) ނުވަތަ އިންސާނީ ޢިލްމު (ހިއުމޭނިޓީސް) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިދާއިރާތަކާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިޓުގެ މަސައްކަތްތައް ރާވައި މުވައްޒަފުން ލައްވައި ކުރުވުން.
  • ދިވެހި ތާރީޚާ ބެހޭ ޞައްޙަ މަޢުލޫމާތު ޢާއްމު ކުރަމުން ގެންދޭތޯ ބެލުން.
  • ދިވެހި ތާރީޚާބެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ރާވައި ފަރުމާކޮށް ހިންގުން. 
  • ތާރީޚީ ގޮތުން ރާއްޖޭގެ މުހިއްމު ޝަޚުސިއްޔަތުތައް ހޯދައި އާންމު ކުރަމުން ގެންދިޔުން.
  • ތާރީޚު ކޮމެޓީ އެކުލަވައި ހިންގުން.
  • ތާރީޚާ ބެހޭ ގޮތުން ބޭރު ބަސްބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާ ކުރުން.
  • ދިވެހި ތާރީޚާއި ދިވެހި އަދަބިއްޔާތަށް ހޭލުންތެރިކުރުމުގެ ފޯރަމުތަކާއި މަސައްކަތުބައްދަލުވުންތައް ރާވައި ހިންގުން.
  • ދިވެހި ތާރީޚާބެހޭ ކުރު މުއްދަތުގެ ކޯސްތަކާއި ކިލާސްތައް ފަރުމާކޮށްގެން ހިންގުން.
  • ދިވެހި ތާރީޚާއި ސަޤާފަތާގުޅޭ މައުނަވީ ތަރިކަ ޙިމާޔަތްކޮށް ރައްކައުތެރިކުރާނެ އިންތިޒާމު ހަމަޖައްސައި އެކަންކަން ހިންގުން
  • ކުޑަކުދިންގެ ހިތުގައި ތާރީޚަށް ލޯބިޖެއްސުމުގައި ކުރަންޖެހޭ ކަންކަން ރާވައި ހިންގުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ތަޢުލީމީ ގޮތުން އެންމެ މަތީ މާކުސް ލިބިފައިވުމާއި، ކަމާގުޅޭ ގޮތުން ލިބިފައިވާ ތަޖުރިބާ، ބަސްދީގަތުން، ދިވެހި ތާރީޚާއި އަދަބިއްޔާތަށް ޝައުޤުވެރިކަން ހުރި މިންވަރާއި އެކަންކަމުގެ ހުރި ޤާބިލުކަން.
  • މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލުކަންހުރި މިންވަރު.

މަޤާމު ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

ރޭންކް:

އެމް. އެސް. 3

ކްލެފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ސެކްޝަން:

ބަހާ ބެހޭބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ / މާލެ

ޝަރުޠު:

  • ބަސް (ލޭންގުއޭޖް) ނުވަތަ އަދަބިއްޔާތު (ލިޓްރޭޗަރ) ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިއިން ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ބަސް (ލޭންގުއޭޖް) ނުވަތަ އަދަބިއްޔާތު (ލިޓްރޭޗަރ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިއިން ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ބަސް (ލޭންގުއޭޖް) ނުވަތަ އަދަބިއްޔާތު (ލިޓްރޭޗަރ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިއިން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ބަސް (ލޭންގުއޭޖް) ނުވަތަ އަދަބިއްޔާތު (ލިޓްރޭޗަރ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިދާއިރާތަކާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތު:

  • ދިވެހިންގެ ޢާއްމު މުޢާމަލާތުތަކާއި އިދާރީ ހިންގުމާއި ވިޔަފާރިއާއި ތަޢުލީމާއި އެހެނިހެން އާންމު މުޢާމަލާތްތަކުގައި ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ދިވެހިބަހުގެ ގަވާއިދާއި ބަސްބޭނުން ކުރުމުގެ ހަމަތަކާ އެއްގޮތަށް ބަސް ބޭނުން ކުރުމުން ގެންދާ ގޮތްތަކާއި ވަޒަންކުރާނޭ ގޮތްތައް ރާވައި ފަރުމާކޮށް ހިންގުން.
  • ބަހާއި އަދަބިއްޔާތުގެ ދާއިރާއާ ގުޅޭގޮތަށް ފޯރަމްތަކާއި ސެމިނާރުގެ ކަންތައްތައް ރާވައިގެން ހިންގުން.
  • ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކާ ޚިލާފުވާ މީޑިޔާގެ އެކިއެކި ވަސީލަތްތައް މޮނިޓަރކޮށް އެ ފަރާތްތަކުން އެ ކަންކަން ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ އިންތިޒާމުތައް ހަމަޖައްސައި މީޑިޔާތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ޕްރޮގުރާމުތައް ފަރުމާކޮށްގެން ހިންގުން.
  • ދިވެހިބަހުގެ މަޢުލޫމާތުތައް އާންމު ކުރުމުގައި، ފަންނީ ކޮމިޓީން ނިންމާ ނިންމުން ތަންފީޛުކުރުން.
  • ދިވެހިބަސް ބޭނުން ކުރުމުގެ ހަމަތަކާއި އުސޫލުތައް އާންމުންނަށް އޮޅުން ފިލުވައި ދިނުމުގެ ފަސޭހަ ނިޒާމުތައް ރާވައި ހިންގުން.
  • ހޭލުންތެރިކުރުމުގެ ޔުނިޓުގެ ހުރިހާ ކަމެއް ރާވައި ބެލެހެއްޓުން.
  • ދިވެހިބަހާއި އަދަބިއްޔާތާގުޅޭ މައުނަވީ ތަރިކަ ހިމާޔަތްކޮށް ރައްކައުތެރިކުރާނެ އިންތިޒާމު ހަމަޖައްސައި އެކަން ރާވައި ހިންގުން.
  • އަދަބީ ޖަމުޢިއްޔާތަކާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށާއި ބަދަހިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ރާވައި ހިންގުން.
  • ބަހާއި އަދަބިއްޔާތުގެ ދާއިރާއާ ގުޅޭގޮތަށް ފޯރަމުތަކާއި، ސެމިނާރުތަކާއި ބައްދަލުވުންތައް ރާވައި ހިންގުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  • ބަހާއި އަދަބަށް ޚިދުމަތްކުރުމަށްޓަކައި މަދަނީ ޖަމުޢިއްޔާއެއް އެކެޑަމީގައި އުފައްދައި، އެ ޖަމުޢިއްޔާގެ ކަންކަން ރާވައި ހިންގުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ތަޢުލީމީ ގޮތުން އެންމެ މަތީ މާކުސް ލިބިފައިވުމާއި، ކަމާގުޅޭގޮތުން ލިބިފައިވާ ތަޖުރިބާ، ބަސްދީގަތުން، ދިވެހިބަހާއި އަދަބިއްޔާތަށް ޝައުޤުވެރިކަން ހުރި މިންވަރާއި އެކަންކަމުގެ ހުރި ޤާބިލްކަން. 
  • މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލުކަންހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  • ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

14:30 އޮގަސްޓު 04 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީ ގައެވެ.

6 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ