ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ  

ބޭނުންވާ އަދަދު: 01

މުސާރަ: -/11,623 ރުފިޔާ

ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: އައްޑޫ ސިޓީ ގޮފި/ ހިތަދޫ

މަޤާމުގެ މަސްއޫލިއްޔަތު: މިއޮފީހުގެ އައްޑޫ ގޮފީގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގޮފީގެ އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ބަލަހައްޓާ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ،
  • މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި MS2 ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %80 އިން މަތިން މާކްސް ހޯދާފައިވުން؛ ނުވަތަ، 
  • މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި MS2 ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %80 އިން މަތިން މާކްސް ހޯދާފައިވުން.

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އާއި، ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 10 އޮގަސްޓު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި މަސައްކަތުގެ ފެންވަރު ބަލައި، މާރކްސް އެނގޭނެ ލިއުމަކާއި، ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުމުގެ ކޮޕީ ފޮނުއްވުން އެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])

14 ޝައްވާލު 1436

30 ޖުލައި 2015
ހޯދާ