މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވިއްސާރަކޯޓު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތައް ބޭނުންވާ ވިއްސާރަކޯޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މި މިނިސްޓްރީގެ މުނިސިޕަލް ސާރވިސް ޑިޕާޓްމެންޓްގެ މުވައްޒަފުން މަސައްކަތަށް ބޭނުންވާ ވިއްސާރަކޯޓް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެގެން 13 މޭ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/139) އާ ގުޅިގެން އެންމެ އެކަށީގެންވާ ގޮތުގައި މަޢުލޫމާތު ދެވިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޮގަސްޓު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

13 ޝައްވާލް 1436

29 ޖުލައި 2015
ހޯދާ