ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންޓް ކޭބަލް އެޅުމަށް ދަތިވާ ގޮތަށް ބައެއް މަގުތަކުގައިހުރި ރުއްގަހަށް ބަދަލުދީ ކެނޑުމާބެހޭ

ކަރަންޓް ކޭބަލް އެޅުމަށް ދަތިވާ ގޮތަށް ބައެއް މަގުތަކުގައިހުރި ރުއްގަހަށް ބަދަލުދީ ކެނޑުމާބެހޭ

ތ. ކިނބިދޫ މުޙައްމަދު ޞާލިޙް މަގާއި ހަންޑިދުށް މަގާއި މޫންލައިޓް މަގުގައި ފަންނު ހިނގުމުގައި ރުއްގަސް ހުރުމުގެ ސަބަބުން އެ މަގުތަކުގައި ކަރަންޓް ކޭބަލް އެޅުމަށް ވަނީ ދަތިވެފައެވެ. މިހެންވެ އެ މަގުތަކުގައި ހުރި ތިރީގައި މިދަންނަވާ ރުއްގަހަށް ބަދަލުދީ ކަނޑަން ބޭނުންވާތީ، އެ ތަކެތީގެ ވެރީން ހޯދަން ބޭނުންވެއެވެ.

  • މުޙައްމަދު ޞާލިޙް މަގު (ހިތަށްފިނިވާގޭ ޒީނަތު މުޙައްމަދު ގޯތީން ފެށިގެން ޓޫފުލާވާރސް ޢަބްދުއްނާޞިރު ޢަލީ ގޯއްޗާ ދެމެދުގައި) 1 ން ފެށިގެން 30 އަށް މަޑު ނޫކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަސް
  • ހަންޑިދުށް މަގު (ތައުޒަން ފުލާވަރސް ގޯތީން ފެށިގެން ޓޫފުލާވަރސް ރަޙީމާ ގޯއްޗާ ދެމެދުގައި) 31 ން ފެށިގެން 49 އަށް މަޑުނޫކުލައިގެ ދަވާދުން ނަންބަރު ޖަހާފައިހުރި ރުއްގަސް
  • މޫންލައިޓް މަގު (ހުސްނުހީނާގޭ އާމިނަތު އާދަމް ގޯއްޗާ ދިމާގައި) 50 ން ފެށިގެން 51 އަށް މަޑު ނޫކުލައިގެ ދަވާދުން ނަންބަރު ޖަހާފައިހުރި ރުއްގަސް
  • ފަންނު ހިނގުން (ކައުންސިލް އިދާރާ ކުރިމަތީ މަގު ވައިލެޓް ހައުސް ގެއާއި ކޫލްބްރީޒް ގެއާ ދިމާގައި) 52 ން ފެށިގެން 59 އަށް ރަތް ކުލައިގެ ދަވާދުން ނަންބަރު ޖަހާފައިހުރި ރުއް ގަސް

ވީމާ، މި ރުއްގަހުގެ ވެރި ފަރާތްތަކުން 10 އޮގަސްޓު 2015 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން ވެރިފަރާތުގެ ނަމާއި އެޑްރެސް އައިޑީކާޑު ނަންބަރު އަދި، އެރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ލިއުމަކުން ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށްފަހު، މިއިޢުލާންގެ މުއްދަތު ހަމަވުމުން ރުއްގަހުގެ ބަދަލުގެ ފައިސާ ގެންދެވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ހުށަނާޅުއްވާ ރުއްގަސް ބެލެވޭނީ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޝައްވާލު 1436  

29 ޖުލައި 2015
ހޯދާ