މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިޔުޓަރ ސިސްޓަމް އަދި ޕްރިންޓަރ ގަތުމަށް

ކޮމްޕިޔުޓަރ ސިސްޓަމް އަދި ޕްރިންޓަރ ގަތުމަށް – އަލުން އިޢުލާންކުރުން

ރާއްޖޭގެ 5 ސްކޫލަކަށް ކޮމްޕިޔުޓަރ ސިސްޓަމް އަދި ޕްރިންޓަރ ގަންނަން ކުރެވުނު ނަންބަރު: IUL)22-E/I/2015/171) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް (ފޯރުކޮށްދޭންޖެހޭ 5 ސްކޫލަށް) ބަދަލުއައިސްފައިވާތީ މިކަމާ ގުޅިގެން އަގަށް ބަދަލު އަންނާނެކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ރާއްޖޭގެ 5 ސްކޫލަކަށް ކޮމްޕިޔުޓަރ ސިސްޓަމްސް އަދި ޕްރިންޓަރ ގަންނަން ބޭނުންވެއްޖެއެވެ.

އަންދާސީހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހެޅުމަށް އެކަމަށް ޚާއްޞަކުރެވިފައިވާ 'ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް: ކޮމްޕިޔުޓަރ ލެބް ފަރުނީޗަރ – އީއީޑީޕީ.ޖީ.16" ޑޮކިޔުމަންޓް ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީހިސާބުގައި ހިމަނަންޖެހޭ ހުރިހާ މަޢުލޫމާތެއް ހިމެނިފައިވާނެއެވެ. މި ޑޮކިޔުމަންޓް ހޯދުމަށް އެދި [email protected] ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މި ޑޮކިޔުމަންޓް ހުށަނާޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.

މަޢުލޫމާތު ސެޝަން:

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (103، 1 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އިޢުލާން ނަންބަރު:  

ބިޑް ހުޅުވުން:

އަންދާސީހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (103، 1 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) ގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.

[email protected] – :އީމެއިލް

03 އޮގަސްޓް 2015
ހޯދާ