މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
30 ސެކިއުރިޓީ ކެމެރާ ސަޕްލައިކޮށް ހަރުކުރުމާބެހޭ

ޢާންމު ޚިދުމަތްތަކާބެހޭ ބައި ހިނގަމުން އަންނަ ތައިސޭކޮށީގައި 30 ސެކިއުރިޓީ ކެމެރާ ސަޕްލައިކޮށް، އެ ހަރުކުރުމާބެހޭ:

ޢާންމު ޚިދުމަތްތަކާބެހޭ ބައި ހިނގަމުން އަންނަ ތައިސޭކޮށީގައި 30 ސެކިއުރިޓީ ކެމެރާ ސަޕްލައިކޮށް އެ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 21 އެޕްރީލް 2015 ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)138-AS6/1/2015/118) އިޢުލާނާ ގުޅިގެން އަގު ހުށަހަޅުއްވާފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޑޮކިއުމެންޓްސް ފުރިހަމައަށް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓު 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އޮގަސްޓު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

13 ޝައްވާލް 1436

29 ޖުލައި 2015
ހޯދާ