މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނިއުޓްރިޝަން ގައިޑް ޕްރިންޓްކޮށް އަދި ޗައިލްޑް ހެލްތު ރިކޯޑް ފޮތް ލޭއައުޓް ހަދައި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް

ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް މެޓަރނަލް އެންޑް ޗައިލްޑް ނިއުޓްރިޝަން ގައިޑް ޕްރިންޓްކޮށް، އަދި ޗައިލްޑް ހެލްތު ރިކޯޑް ފޮތް ލޭއައުޓް ހަދައި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2015/162)ފ(14 ޖުލައި 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވަނީ ދެފަރާތުންކަމުގައިވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް މެޓަރނަލް އެންޑް ޗައިލްޑް ނިއުޓްރިޝަން ގައިޑް ޕްރިންޓްކޮށް އަދި ޗައިލްޑް ހެލްތު ރިކޯޑް ފޮތް ލޭއައުޓް ހަދައި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އޮގަސްޓު 17 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

14 ޝައްވާލް 1436

30 ޖުލައި 2015
ހޯދާ