ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ފުވައްމުލަކު އެއަރޕޯޓުގެ ޓާރމިނަލަށް ބަދަލުތަކެއް ގެންނަން

ފުވައްމުލަކު އެއަރޕޯޓުގެ ޓާރމިނަލަށް ބަދަލުތަކެއް ގެންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އޮގަސްޓު 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް ފުވައްމުލަކު އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އޮގަސްޓު 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް ފުވައްމުލަކު އެއަރޕޯޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6868688 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

17 ޝައްވާލް 1436

02 އޮގަސްޓް 2015
ހޯދާ