ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްރިންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ނަންބަރު: 250734

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 3

ސަރވިސް: ސަޕޯޓް ސްޓާފްް

މަޤާމުގެ ރޭންކް: އެސް. އެސް. 3 (ސަޕޯޓް ސްޓާފް 3)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ތ. ކިނބިދޫ ސްކޫލް

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/3875 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީ މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތްފަދަ އެހެނިހެން ޢިނާޔަތްތައް، ސިވިލް ސަވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ދުވަހުން ދުވަހަށް ޕްރިންޓް ނެގުމާއި، ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން (ޓެސްޓާ ގުޅުންހުރި ލިޔުމެއްނަމަ. އެ ފެންނަށްޖެހޭ ފަރާތްނޫން އެހެންފަރާތްތަކަށް ނުފެންނާނޭހެން ބެހެއްޓުން)

2. އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ޙާލަތްތަކާއި، އެހެން ޙާލަތްތަކުގައި އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

3. ކޮންމެ ދުވަހެއްގެ ޕްރޮގުރާމް ތައްޔާރުކޮށްފައި ނޯޓިސްބޯޑްތަކަށް ނެރުން.

4. އޮފީސްތެރެ އަބަދުވެސް ތަރުތީބުކުރަންވާނެއެވެ.

5. އެކިއެކި ބޭނުންތަކުގައި ސްކޫލުގެ އޮފީހަށް އަންނަ ފަރާތްތަކަށް އިޙުތިރާމްކުރަންވާނެއެވެ.

6. ބޭނުންކުރާ މެޝިނަރީޒްތައް ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަން ޖެހޭނެއެވެ.

7. ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތްވަރަކުން އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވާންވާނެއެވެ.

8. ސްކޫލުގައި މަސައްކަތްކުރަންވާނީ ހުރިހާ އެންމެންނަށް ހަމަހަމަވާނެގޮތަކަށެވެ.

09. ސްކޫލުގެ އެއްވެސް ސިއްރެއް، އެއްވެސް ފަރާތަކަށް ހާމަކުރުމަކީ މުޅިން މަނާކަމެކެވެ.

10. ސްކޫލުގައިވެސް އަދި ސްކޫލުން ބޭރުގައިވެސް، އެއްވެސް ކުއްޖެއްގެ ފަރާތުން ކުދިންނާ އެކަށީގެންނުވާ ކަމެއް ފެނިއްޖެނަމަ،  ސްކޫލުގެ ވެރިންނަށް ވަގުތުން އަންގަންވާނެއެވެ.

11. ދަރިވަރުންނާއި މުދައްރިސުންނާ ވާހަކަދެއްކުމުގައި އަދަބުވަރިކަމަށް ސަމާލުކަން ދޭންވާނެއެވެ.

12. މުވައްޒަފުންގެގޮތުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އަދި ހަރަކާތެއްގައި ވީވަރަކުން އެހީތެރިވެ އެއްބާރުލުން ދޭންވާނެއެވެ.

13. އެއްވެސް އެއްޗެއް ނުލިބި ނުވަތަ ކަމެއްކުރަން ނޭނގުމުގެ ސަބަބުން މަސައްކަތެއް ނުނިމި އެއްވެސް ފަރާތަކަށް ލިބެންޖެހޭ ޚިދުމަތެއް ނުދެވުމުގެ ކުރީގައި ސްކޫލުގެ ވެރިންނަށް އަންގަންވާނެއެވެ.

14. އޮފީހުގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.

15.  ހެދުންއެޅުމުގައި އަބަދުވެސް ސާފުތާހިރުވުން އިސްކުރަންވާނެއެވެ. އަދި ރަސްމީގަޑީގައި ރަސްމީކޮށް ހުންނަންވާނެއެވެ.

16. މުވައްޒަފުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ދޭންވާނެއެވެ.

17. އެކަކު އަނެކަކަށް އެހީތެރިވުމަކީ މަސައްކަތްތަކަށް ފަސޭހަވުމާއި އަވަސްވާނެކަމެއްކަމަށް ބަލައި، އެކަންކަން އިސްކުރަންވާނެއެވެ.

18. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

19. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމަށް ބޭނުންވާ ލައިސެންސެއް/ ސަނަދެއް/ތަމްރީނެއް/ހުއްދައެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1-      ލިބިފައިވާ ތަޢުލީމާއި ތަމްރީނު

2-      ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3-      މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް ހުށަހެޅުން އޮންނާނީ، 13 އޮގަސްޓު 2015 އާއި 18 އޮގަސްޓު 2015 އާ ދެމެދުގެ ދުވަހެއްގައި ކިނބިދޫ ސްކޫލުގައެވެ.

- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް، ކިނބިދޫ ސްކޫލުގެ އިދާރާއިން އަންގާނެއެވެ.

- އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓް ލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކާ އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް

2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

3- ވަޒީފަށްއެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.    

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6- ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު. (މި ލިޔުންތަކުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

2015 އޯގަސްޓް 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ކިނބިދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ 6780095 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުމުން އެ މަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ.

 14 ޝައްޥާލް 1436

30 ޖުލައި 2015
ހޯދާ