މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓެންޓް އެޗް.އާރ އޮފިސަރ (ޖީ.އެސް 3)

މަޤާމު:

އެސިސްޓެންޓް އެޗް.އާރ އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ ޢަދަދު:

1

މުސާރަ:

-/4465 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ކްލެސިފިކޭޝަން:

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގުރޭޑު 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ކޯޕަރޭޓް އެފެއާރޒް ޑިވިޜަން/ އެޗް.އާރ ސެކްޝަން

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަން ރިސޯސް، ބިޒްނަސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑު ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސުކޫލު ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑު ލިބިފައިވުން.

އިތުރު ތަފުސީލު

  • ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 -  ސިވިލް ސާރވިސް މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހާ ލިޔެކިޔުން ތައްޔާރުކޮށް ޙަވާލުކުރުން

 -  މިނިސްޓްރީގެ ހުސް ވަޒީފާއަށް މީހުން ހޮވައި، އެ މަޤާމުތަކަށް މީހުން ލެއްވުމުގެ ހުރިހާ ކަންތައްތައް ކުރުން

 -  މުވައްޒަފުން ޓުރާންސްފާ، ވަޒީފާއިން ވަކިވުން އަދި ވަކިކުރުމުގެ އެންމެހާ ކަންތައްތައްކުރުން

 -  ކުރާ މަސައްކަތާގުޅޭގޮތުން ފޮނުވަންޖެހޭ އެންމެހާ ލިޔުންތައް ތައްޔާރުކުރުން

 -  މުވައްޒަފުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން

 -  ސެކްޝަނުގެ އިދާރީ މަސައްކަތްކުރުން.

އުޖޫރަ އާއި އިނާޔަތްތައް:

 -  އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 -  ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

 -  އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

 -  ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.  

 -  މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

 -  ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

 -  ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %49)

 -  މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

 -  އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %43)

ހުށަހަޅަންޖެހޭ ލިޔުންތައް:

 -  ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

 -  ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

 -  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓުރާންސްކްރިޕްޓު. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސުކޫލު ލީވިންގ ސެޓުފިކެޓު.

 -  ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 -  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

12 އޮގަސްޓު (ބުދަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރ ފޯނަށެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕުރެޒެންޓޭޝަން އަދި ޕުރެކްޓިކަލްސް އާއި އިމްތިހާނު ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

 6 ޝައްވާލް 1436

22 ޖުލައި 2015
ހޯދާ