މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޔޫތު އޮފިސަރ

                           ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންޓް ޔޫތު އޮފިސަރ  

މުސާރަ:  4465.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ޔޫތު ޑިޕާޓްމަންޓް     

ޝަރުޠު:

1- ޔޫތު ވާރކްސް/ ސޯޝަލް ވާރކްސް/ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑޤ ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. އަތޮޅުތަކުގައި ޤާއިމް ކުރެވިފައިވާ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތައް ރާވައި ހިންގުން
  2. އަތޮޅުތަކުގައި ޤާއިމް ކުރެވިފައިވާ ޒުވާނުންގެ މަރުކަޒުތަކާބެހޭ ގޮތުން ސެކްޝަނުން ކުރަންޖެހޭ ހުރިހާ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން
  3. އަތޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް، ޒުވާނުންގެ މަރުކަޒުތައް މެދުވެރިކޮށް ހިންގޭ މުނިފޫހިފިލުވުމާއި، އިޖްތިމާޢީ ކަންކަމާބެހޭ ޕުރޮގުރާމުތައް މަރުކަޒުތަކާ ގުޅިގެން އަދި އެހެނިހެން މުވައްސަސާތަކާ ގުޅިގެން ރާވައި ހިންގުން އަދި ރޭވުމުގައާއި ހިންގުމުގައި އެހީތެރިވުން
  4. އަތޮޅުތަކުގައި ޤާއިމް ކުރެވިފައިވާ ޒުވާނުންގެ މަރުކަޒުތަކުގެ އެންމެހާ މަސައްކަތްތަކާއި، އެތަންތަނުން ޒުވާނުންނަށް ދެވޭ ޚިދުމަތްތައް ހިނގާގޮތް ބަލައި މޮނިޓަރ ކުރުން
  5. އަތޮޅުތަކުގައި ޤާއިމް ކުރެވިފައިވާ ޒުވާނުންގެ މަރުކަޒުތަކުގެ ބަޖެޓާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން  
  6. އަތޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނާ ބެހޭ މަޢުލޫމާތު އެއްކުރުމާއި ޒުވާނުންނާ ބެހޭ ޤަޢުމީ ފެންވަރުގެ ކަންކަމުގައި ޒުވާނުން ބައިވެރިކޮށް ޚިޔާލު ހޯދުން. އަދި އަތޮޅު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ޒުވާނުންނަށް ލިބެން ހުންނަ ޚިދުމަތްތަކާބެހޭ މަޢުލޫމާތުތައް އެއްކޮށް ބެލެހެއްޓުން (އަތޮޅުގައި ޤާއިމް ކުރެވިފައިވާ ރަށްރަށާއި ޤާއިމް ކުރެވިފައިނުވާ ރަށްތައް ވާހެން).
  7. ކޮންމެ އަހަރެއް ނިމުމުން ޔުނިޓުގެ މަސައްކަތްތަކާބެހޭ އަހަރީ ރިޕޯޓު އެކުލަވާލުން
  8. ކޮންމެ އަހަރެއް ނިމުމުން އަތޮޅުތަކުގައި ޤާއިމް ކުރެވިފައިވާ ސެންޓަރުތަކާބެހޭ އަހަރީ ރިޕޯޓު އެކުލަވާލުން
  9. އަތޮޅުތަކުގައި ޤާއިމް ކުރެވިފައިވާ ސެންޓަރުތަކުގައި ކުރެވޭ މަސައްކަތްތަކުގެ މަންތުލީ އަދި ފައިސާ ޚަރަދު ކުރެވުނުގޮތުގެ ރިޕޯޓުތައް ހޯދުން
  10. ސެންޓަރުތަކުގެ މެއިންޓަނަންސް ހުރިހާ ކަމެއް ބެލެހެއްޓުމާއި ކޯޑިނޭޓު ކުރުން އަދި ސެންޓަރުތަކަށް ބޭނުންވާ ތަކެތި މަހުންމަހަށް ބަލައި ޗެކުކުރުން

 ނޯޓު: - މި މަގާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ. 

    - މި މަޤާމުގެ އިންޓަވިއު އެއް މަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސުޕޯޓްސްގެ މީޓިންގ ރޫމުގައެވެ.

     -  މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

     -  ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2015 އޮގަސްޓު 9 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

7 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ