މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޕޯޓްސް އޮފިސަރ

                           ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންޓް ސްޕޯޓްސް އޮފިސަރ 

މުސާރަ:  4465.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު    

ޝަރުޠު:

1- ސްޕޯޓްސް މެނޭޖްމަންޓް/ ފިޒިކަލް އެޑިޔުކޭޝަން/އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- މާލޭ ސަރަހައްދުގެ ޒުވާނުން މަރުކަޒުތަކުގެ (ހުޅުމާލޭ މިނީ ޔޫތު ސެންޓަރ، ވިލިމާލޭ ޔޫތު ސެންޓަރ، ގަލޮޅު އެކްޓިވިޓީ ސެންޓަރ، މުނިއުފާ ޔޫތު ސެންޓަރ، މާފަންނު ޒުވާނުންގެ މަރުކަޒު) ޑިއުޓީތަކަށް ނުކުތުން.

2- ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތަކާއި ފަރިތަކުރުންތައް ދަނީ ތާވަލްގައިވާ ގޮތުގެ މަތިންތޯ ޗެކުކޮށް އެއްވެސް މައްސަލައެއް ވާނަމަ ސުޕަވައިޒަރަށް ރިޕޯޓް ކުރުން.

3- ކުޅިވަރު ކުޅެމުންދާއިރު، އެތަނަށް ގޮސް އެތަނުގެ ކަންތައް ހިނގާނުހިގާ ގޮތް ބެލުމާއި، އަންނަ މެމްބަރުންނާއެކު ރަނގަޅު ގުޅުމެއް ޤާއިމްކުރުން.

4- ކުޅިވަރުތައް ކުޅުމަށް އަންނަ މެމްބަރުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ޤަވާޢިދުން ދޫކޮށް ބެލެހެއްޓުން.

5- ރޭވިފައިވާ ޙަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ ތައްޔާރީއެއްވާނަމަ އެކަމެއް ކުރުން.

6- މަރުކަޒަށް ޒިޔާރަތްކުރާ މެންބަރުންނާއި އެހެނިހެން ފަރާތްތަކުގެ ޢަމަލުތައް ހުރީ މަރުކަޒުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި ސުޕަވައިޒަރަށް ރިޕޯޓްކުރުން.

7- މަރުކަޒުގެ ފަރާތުން ހިންގާ ކުޅިވަރު މުބަރާތްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.

8- މަރުކަޒުގެ ފަރާތުން ފާހަގަކުރާ ހުރިހާ ދުވަސްތައް ފާހަގަ ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތްކުރުން.

9- އޮފީސް ހުޅުވައި ލެއްޕުން.

10- އިޖުތިމާޢީ ކަންކަމާއި މުނިފޫހި ފިލުވުމުގެ އެންމެހައި ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ނޯޓް: - މި މަގާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި ކޮމްޕިއުޓަރާ ގުޅޭ ކޯހެއް ހަދާފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.  

    - މި މަޤާމުގެ އިންޓަވިއު އެއް މަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.

     -  މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

     -  ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2015 އޮގަސްޓު 9 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

7 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ