ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް މާރކެޓިން އޮފިސަރ ގްރޭޑް 03

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް މާރކެޓިން އޮފިސަރ ގްރޭޑް 3

މުސާރައާއި އެލަވަންސް:

މަހަކު -/7500 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގައި މަސަތްކަތްކޮށްފިނަމަ އިތުރުގަޑީގެ ސިޔާސަތާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ރޭންކް

AS 9

ބޭނުންވާ ޢަދަދު

2

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

މަރކެޓިންގ

މަޤާމުގެ ޝަރުތު:

ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނު 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ.އޯ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާ ފާސްވެފައި ވުމާއެކު ދާއިރާއިން (1) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކުންފުނީގެ ޗެނަލްތަކުން ފޮނުވާ އެނައުންސްމަންޓްތައް ލިއެ (އެނައުންސްމަންޓް ވިޝުއަލްސް) ބްރޯޑްކާސްޓްކުރެވޭ ފެންވަރަށް ތައްޔާރުކޮށް އޮންއެއަރ ކޮންޓްރޯލްރޫމަށް ފޮނުވުން.
  2. އިޝްތިހާރު އަދި ޕްރޮގްރާމް ސްޕޮންސަރޝިޕް އަދި އެހެނިހެން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެޚިދުމަތްދިނުން
  3. އިޢުލާން އެނައުންސްމަންޓާބެހޭ ފައިސާގެ ތަފުޞީލް ހަމަޖެހިފައިވާ އުޞޫލުން ފައިނޭންސް ޑިޕަރޓްމަންޓާ ޙަވާލުކޮށް އޭގެ ތަފްޞީލް ބެލެހެއްޓުން
  4. ހަފުތާ ރިޕޯޓަށް ބޭނުންވާ އިޢުލާން، އެނައުންސްމަންޓްގެ ސޭލްސް ތަފްސީލް ނަގައި ސްޕަވައިޒަރާ ޙަވާލުކުރުން
  5. އިޝްތިހާރުތަކުގެ ޑާޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން
  6. ޗެނަލްތަކުން ފޮނުވާ އިޝްތިހާރުތައް ފާސްކުރުމުގެ މަސައްކަތްކުރުން
  7. ބްރޯޑްކާސްޓްކުރާ އިޢުލާން އެނައުންސްމަންޓްގެ އެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ކުންފުނީގެ މާރކެޓިން ޑިޕާރޓްމަންޓުން ހިންގާ މާރކެޓިން އެކްޓިވިޓީ ތަކުގައި ކަންކަން ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖްރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.   

ސުންގަޑި

 

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2015 އޮގަސްޓު 5 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އަށް ގުޅުއްވުން އެދެމެވެ.

                        7 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ