މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މުސާރަ: 4465.00 ރުފިޔާ
|
ސާރވިސް އެލަވަންސް: 1500.00ރުފިޔާ
|
ރޭންކް: ޖީ.އެސް 3
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު: 1
|
މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮޖެކްޓްސް ސެކްޝަން
|
ޝަރުޠު:
1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- މިނިސްޓްރީ ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ދަށުން އަޅާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ މަސައްކަތެއް ދުވަހުން ދުވަހަށް ކުރުން.
- ބަލަހައްޓަމުންގެންދާ މަޝްރޫޢުތައް ހިންގުމަށް ސައިޓް އިންސްޕެކްޝަން ހެދުމަށްފަހު ދަތުރު ރިޕޯޓާއި އިންސިޑެންޝަލް ރިޕޯޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަން އަދި ވެރިންނާއި ހިއްސާކުރުން.
- ދަތުރު ނިމުމަށްފަހު ދަތުރާ ގުޅިގެން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް ނިންމުން (ދަތުރާ ގުޅިގެން ފޮނުވަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔެކިއުންތައް ފޮނުވުން)
- ބަލަހައްޓަމުންގެންދާ މަޝްރޫޢުތައް ސްޓޭޓަސް ރިޕޯޓް ކޮންމެ ހަފުތާއަކު ހަދައި ވެރިންނާ ހިއްސާކުރުން.
- މިނިސްޓްރީއިން ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސް ތައްޔަރުކޮށް ބިޑިންގ މަރުހަލާ (މަޢުލޫމާތު ކަރުދާސް ތައްޔާރުކޮށް، މަޢުލޫމާތު ދިނުން އޮންނަ ދުވަހު މަޢުލޫމާތު ދީ، ބިޑް ހުށަހަޅާ ދުވަހު ބިޑްތައް ބަލައިގަތުން) ކުރިއަށް ގެންދިއުން.
- މިނިސްޓްރީ ރޭވިފައިވާ އަދި ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތަކުގެ އިންސްޕެކްޝަން ދަތުރުތައް ކުރުމަށް ދަތުރު ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް (ދަތުރު ޚަރަދު ހޯދުން، އެޗް.އާރް ސެކްޝަނަށް މަޢުލޫމާތު ދިނުން، އެކަމަޑޭޝަން ހަމަޖެއްސުން، އަދި ދަތުރާ ގުޅިގެން ފޮނުވަންޖެހޭ ސިޓީތައް ފޮނުވުން) ކުރުމަށް އެހީތެރިވެދިނުން.
- މިނިސްޓްރީއިން ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތައް މޮނިޓަރ ކުރުމަށް އެހީތެރިވެދިނުން.
- މިނިސްޓްރީ ރޭވިފައިވާ އަދި ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތަކުގެ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމަށް އެހީތެރިވެދިނުން.
|
ނޯޓް: - މި މަގާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި މަސައްކަތާ ގުޅޭ ކޯހެއް ހަދާފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
- މި މަޤާމުގެ އިންޓަވިއު އެއް މަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމުގައެވެ.
- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
- ސުންގަޑި: 2015 އޮގަސްޓު 9 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
- އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ވެބް ސައިޓް އެޑްރެސް www.youth.gov.mv
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް
|