ދިވެހިރާއްޖެ
ޓެސްޓް ޕޭޕަރ ޗާޕުކުރަން ބޭނުންވެއްޖެ
ވާރލްޑް ބޭންކުގެ އީ.އީ.ޑީ.ޕީ ޕްރޮޖެކްޓްގެ ދަށުން ހިންގާ 2015 ވަނަ އަހަރުގެ ނެޝަނަލް އެސެސްމަންޓްގެ ޓެސްޓް ޕޭޕަރުތަކާއި ސާރވޭ ސުވާލު ކަރުދާސްތައް ޗާޕުކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
06 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
10 އޮގަސްޓު 2015 (ހޯމަ) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.
13 ޝައްވާލް 1436