ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

8 ކްލާސްރޫމުގެ 2 ބުރި އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމާއި، އެތަނުގައިވާ ޢިމާރާތްތައް އެހެން ތަނަކަށް ބަދަލުކުރުމާބެހޭ

މި ސްކޫލުގެ ޕްރިންޓިންގރޫމް، ރައްކާތެރި ކޮޓަރި، ގުދަން އަދި ފެންހަރު ހުރި އިމާރާތް ތަޅާލައި މި ސްކޫލުން ދައްކާ ތަނެއްގައި އެ ތަންތަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިވާ ޝެޑިއުލްއާ އެއްގޮތްވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

11 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:30 ގައި ތޮއްޑޫ ސްކޫލްގައި

އަންދާސީހިސާބު ހުށަހެޅުން

13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:30 ގައި ތޮއްޑޫ ސްކޫލްގައި

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގެވުމުގެ ގޮތުން އިޢުލާންކުރީމެވެ.

13 ޝައްވާލް 1436

29 ޖުލައި 2015
ހޯދާ