ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
ސީނިއަރ ސުކޫލް ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ސީނިއަރ ސުކޫލް ހެލްތު އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: އެމް. އެސް. 1

މަޤާމުގެ މުސާރަ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި ފައިސާ ދެވޭނެއެވެ.

މަޤާމުއޮތް އޮފިސް: ކިހާދޫ ސްކޫލް، ބ. ކިހާދޫ  

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ތަނާއި ރަށް: އެޑްމިން ސެކްޝަން، ކިހާދޫ ސްކޫލް، ބ. ކިހާދޫ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛   

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރައަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ދަރިވަރުނަށާއި، ސްޓާފުންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން.

2- ދަރިވަރުންގެ ހެލްތު ޗެކްއަޕް ޕްރޮގްރާމް ރާވައި ހިންގުން.

3- ސުކޫލުގެ އިމާރާތަކާއި ގޯތިތެރެއާއި ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުންދުވަހަށް ޗެކްކުރުން.

4- ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެހީތެރިވެދިނުން.

5- ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.

6- ކުރިއަށްއޮތް އަހަރު ސުކޫލް ހެލްތު ޕްރޮގްރާމް ހިންގާނެގޮތުގެ ތާވަލް ތައްޔާރުކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތައުލީމީ ފެންވަރު.

2- މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ހޯދާފައިވާ ތަޢުލީމާއި ތަމްރީން.

3- މަސައްކަތުގެ ތަޖުރިބާ.

4- އިންޓަވިއު.

ހުށަހަޅަންޖެހޭ ތަކެތި:

1- ވަޒީފާއަށްއެދި ހުށަހަޅާ ސިޓީއާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.

2- އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ.

3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) ކޮޕީ.

4- ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

5- ވަޒީފާއެއްގައި އުޅެފައިވާނަމަ، އެވަޒީފާއެއްގައި އުޅުނުކަމުގެ ލިޔުން (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)

6- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސަވުމެއް އޮތް މުވައްޒަފަކުނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ މިހާރު އަދާކުރާ ވަޒީފާއިން ވީއްލުމުގެ އިޢުތިރާޒެއް ނެއްކަމަށް އެ މުވައްޒަފަކު ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

2015 އޮގަސްޓު 2 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން (ތަކެތި ބަލައިގަންނާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 ން 14:00 އަށް މި ސްކޫލުގެ އޮފީހުންނެވެ.)

އިންޓަވިއު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު، 2015 އޮގަސްޓު 3 އާއި 12 އާ ދެމެދުގެ ތާރީޚެއްގައި ކިހާދޫ ސްކޫލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ރަސްމީ ދުވަސްދުވަހުގެ ހެނދުނު 8:00 އާއި 14:00 އާ ދެމެދު ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. ނުވަތަ ސްކޫލުގެ އޮފީހުގެ 6600017 ނަންބަރު ފޯނަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.      

- މި ވަޒީފާއަށް އެދި ހުށަހަޅާ ސިޓީގައި، ވަޒީފާއަށް އެދޭ ފަރާތާ ފަސޭހައިން ގުޅޭނެ ފޯނު ނަންބަރެއް ހިމެނުން އެދެމެވެ.

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި ސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

5 ޝައްޥާލް 1436

21 ޖުލައި 2015
ހޯދާ