ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް ލެކްޗަރަރ

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހިންގާ ޓީޗިންގ ކޯހުގައި ތީރީގައިވާ މާއްދާތައް ކިޔަވައިދެއްވާނެ (ރިސޯސް) ލެކްޗަރަރއިން ބޭނުންވެއެވެ.

  • ތަފުސީރާއި ޢުލޫމުލް ޤުރްއާން
  • ޢަރަބި
  • އިސްލާމީ ޘަޤާފާ
  • އިސްލާމީ ތަރުބިއްޔަތުގެ އުސޫލުތައް

މުސާރަ: ނަގައިދޭ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ޝަރުޠު: މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ ތެރެއިން މާއްދާއަކުން ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެ މާއްދާއަކާގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން.

މުއްދަތު: 02 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 10 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ކީރިތި ޤުރުއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

07 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ