ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ޤުރްއާން ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޤުރްއާން ޓީޗަރކަމުގެ މަޤާމަށް މީހަކުބޭނުންވެއްޖެ.

މަޤާމް:

ޤުރްއާން ޓީޗަރ

ބޭނުންވާ އަދަދު:

1 (އެކެއް)

އިދާރާ:

އދ. ދަނގެތީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އދ. ދަނގެތީ ސްކޫލުގެ ޕީ. ޓީ. އޭ. ގެ ޤުރްއާން ކްލާސް

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު:

1 އަހަރުދުވަސް (3 މަސްދުވަހުގެ ގްރޭސް ޕީރިއަޑާއެކު، މި މުއްދަތުގައި ވަޒީފާ އަދާކުރާ ފެންވަރަށް ބެލުމަށްފަހު، މަސައްކަތަށް ރަނގަޅުނަމަ، އަހަރުން އަހަރަށް ކޮންޓްރެކްޓް އާކުރެވޭނެ)

 

މުސާރައާއި ޢިނާޔަތް:

  • މަޤާމުގެ އަސާސީ މުސާރައާއި ސަރވިސް އެލަވަންސް
  • އެޑިއުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް
  • ރަމަޟާންމަހުގެ އެލަވަންސް (ސަރުކާރުން ހަމަޖައްސަވާ އަދަދު)
  • ރަށުން ބޭރު ފަރާތެއްނަމަ، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500.00 ރުފިޔާ
  • ފުރަތަމަ 3 މަސްދުވަހުގެ ކިޔަވައިދިނުމުގެ ފެންވަރަށް ބަލައި މުސާރަ ބޮޑުކޮށްދެވޭނެއެވެ.

 

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑުމަސްއޫލިއްޔަތު:

  1. ޤުރްއާން ކްލާހަށް ވަންނަ ކުދިންނަށް (ނާސަރީން ފެށިގެން ގްރޭޑް 10 އާ ދެމެދުގެ އުމުރުފުރައިގެ ކުދިންނާއި ބެލެނިވެރިންނަށް) ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރްއާނުގެ ޢިލްމު އުނގަންނައިދިނުމާއި، އެކަމާ ގުޅޭ ކަންކަން ބެލެހެއްޓުން.
  2. ތަޖުވީދުގެ ބައިތައް ކިޔަވައިދިނުން.
  3. ކަނޑައެޅިފައިވާ ޓައިމްޓޭބަލާ އެއްގޮތްވާގޮތުގެމަތިން ކްލާސްތަކުގައި ކިޔަވައިދިނުން.
  4. ކިޔަވައިދިނުމަށްޓަކައި ބޭނުންކުރާ މެޓިރިއަލް ތައްޔާރުކުރުން.
  5. ދަރިވަރުންގެ ޢިލްމީ ޤާބިލްކަން އިތުރުކުރުމަށް އިންތިޒާމުކުރެވޭ އިތުރު ހަރަކާތްތައް ރޭވުމާއި ހިންގުން.
  6. ދަރިވަރުންގެ ފެންވަރު މަތިކުރުމުގެގޮތުން ހަރަކާތްތައް ރާވައި ހިންގުމާއި އެކަންކަމުގެ ރިކޯޑް ބެލެހެއްޓުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމް ހަމަޖައްސާނީ، ތިރީގައިމިވާގޮތަށް އެފަރާތަކަށް ލިބިފައިވާ ސެޓްފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.                   

މަޤާމް

މަޤާމުގެ

ރޭންކް

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް

އެލަވަންސް

ޓްރެއިންޑް ޓީޗަރ

GS4

ޓީޗިންގ ސަރވިސް އޮފިސަރ 1

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓެއް

ހާސިލުކޮށްފައިވުން.

-/5020 ރުފިޔާ

-/2500 ރުފިޔާ

ޓްރެއިންޑް ޓީޗަރ

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

-/،5610 ރުފިޔާ

-/2500 ރުފިޔާ

ގްރެޖުއޭޓް ޓީޗަރ

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

ބެޗިލާރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް

ހާސިލުކޮށްފައިވުން.

-/6295 ރުފިޔާ

-/2500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮނގުން ބެޗިލާރސް ޑިގްރީއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

ބެޗިލާރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން

އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު

ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ،

ތަޖުރިބާ ލިބިފައިވުން.

-/7035 ރުފިޔާ

-/2500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗިލާރސް ޑިގްރީއެއް

އޮތުމާއެކު، ތަޢުލީމީ ދާއިރާއިން އިތުރު ބެޗެލާރސް

ޑިގްރީއެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓެއް ނުވަތަ

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން މާސްޓަރސް ޑިގްރީއެއް

(ބެޗެލާރސް ޑިގްރީއެއް ނެތި) އޮތުމާއެކު، ކިޔަވައިދިނުމުގެ

ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު

ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ،

ތަޖުރިބާ ލިބިފައިވުން.

-/7875 ރުފިޔާ

-/2500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

- ކިޔަވައިދިނުމުގެ ރޮނގުން ބެޗިލާރސް ޑިގްރީއެއް

އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ

މާއްދާއަށް  ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

ބެޗިލާރސް ޑިގްރީއެއް އަދި ކިޔަވައިދިނުމުގެ ރޮނގުން

އެޑްވާންސްޑް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް

ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގސަރވިސް އޮފިސަރ 5 ގެ މަޤާމުގެ ޝަރުޠު

ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ،

ތަޖުރިބާ ލިބިފައިވުން.

-/8835 ރުފިޔާ

-/2500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

ނުވަތަ ތަޢުލީމީ ދާއިރާއިން ޑޮކްޓޯރަލް ޑިގްރީއާއި،

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ނުވަތަ

އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން. ނުވަތަ؛

-  ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު

ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން  އަހަރުދުވަހު އުޅެ،

ތަޖުރިބާ ލިބިފައިވުން.

-/9890 ރުފިޔާ

-/2500 ރުފިޔާ

ސީނިއަރ ޓީޗަރ

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުޠު

ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން އަހަރުދުވަހު އުޅެ،

ތަޖުރިބާ ލިބިފައިވުން.

-/11065 ރުފިޔާ

-/2500 ރުފިޔާ

ސީނިއަރ ޓީޗަރ

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުޠު

ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން  އަހަރު ދުވަހު އުޅެ،

ތަޖުރިބާ ލިބިފައިވުން.

-/12400 ރުފިޔާ

-/2500 ރުފިޔާ

ސީނިއަރ ޓީޗަރ

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުޠު

ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން  އަހަރުދުވަހު އުޅެ،

ތަޖުރިބާ ލިބިފައިވުން.

-/13890 ރުފިޔާ

-/2500 ރުފިޔާ

ސީނިއަރ ޓީޗަރ

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުޠު

ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން  އަހަރުދުވަހު އުޅެ،

ތަޖުރިބާ ލިބިފައިވުން.

-/15560 ރުފިޔާ

-/2500 ރުފިޔާ

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެސަނަދެއް އޮތުން.

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން.

10%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3.  މަސައްކަތުގެ ހުނަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ދަޢުވަތުދެވޭނީ،  ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް  ކުރެވޭ  ފަރާތްތަކަށް  ބާއްވާ  އިންޓަވިއު  ހަމަޖެހިފައިވާ  ތަނާއި  ތާރީޚު،  އިޢުލާނުގެ  މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

5. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއިއަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް"

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އދ. ދަނގެތީ ސްކޫލުގެ އިދާރާއަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

2015 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 10:00

 

ނޯޓް:

- މި މަޤާމަށް، ޤާރީ ކޯހުގެ ސެޓްފިކެޓް ލެވެލް 4 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ.

މި މަޤާމަށް، މަތީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް، ކޮންޓްރެކްޓެއްގެދަށުން ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ، ޤާރީ ކޯހުގެ ސެޓްފިކެޓް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ، ޤާރީ ކޯހުގެ ސެޓްފިކެޓް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ، ޤާރީ ކޯހުގެ ސެޓްފިކެޓް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މިގޮތުން ޝަރުޠު ހަމަވާ ފަރާތަށް ދެވޭމު ސާރައާއި ޢިނާޔަތްތައް: މުސާރައިގެގޮތުގައި މަހަކު 5020.00 ރުފިޔާ، ސަރވިސް އެލަވަންސްގެގޮތުގައި މަހަކު 1500.00 ރުފިޔާ، ރަށުން ބޭރު ފަރާތެއްނަމަ، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު3500.00 ރުފިޔާ، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ (ސަރުކާރުން ކަނޑައަޅާ އަދަދު) 
އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ސްކޫލުގެ 6680803 ނަންބަރު ފޯނާއެވެ.

- ފެކުހާއި އީމެއިލުން ފޮނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

6 ޝައްޥާލް 1436


22 ޖުލައި 2015
ހޯދާ