މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޕްރޮޖެކްޓްސް އޮފިސަރ

މަޤާމުގެ ނަން: ޕްރޮޖެކްޓްސް  އޮފިސަރ  

މުސާރަ:  -/5،610 ރުފިޔާ

ސާރވިސް އެލަވަންސް: -/2،000 ރުފިޔާ

ރޭންކް: އެމް.އެސް1

ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮޖެކްޓްސް ސެކްޝަން      

ޝަރުޠު:

  • ޕްރޮޖެކްޓް މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރންގ/ އާކިޓެކްޗަރ/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޕްރޮޖެކްޓް މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރންގ/ އާކިޓެކްޗަރ/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ޕްރޮޖެކްޓް މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރންގ/ އާކިޓެކްޗަރ/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ކޮމްޕިއުޓިންގ/ އެޗް.އާރު ދާއިރާއިން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • މިނިސްޓްރީ ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ދަށުން އަޅާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ މަސައްކަތެއް ދުވަހުން ދުވަހަށް ކުރުން.
  • ބަލަހައްޓަމުންގެންދާ މަޝްރޫޢުތައް ހިންގުމަށް ސައިޓް އިންސްޕެކްޝަން ހެދުމަށްފަހު ދަތުރު ރިޕޯޓާއި އިންސިޑެންޝަލް ރިޕޯޓު ތައްޔާރުކޮށް ބަޖެޓް ސެކްޝަން އަދި ވެރިންނާއި ހިއްސާކުރުން.
  • ދަތުރު ނިމުމަށްފަހު ދަތުރާ ގުޅިގެން ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ނިންމުން (ދަތުރާ ގުޅިގެން ފޮނުވަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔެކިޔުންތައް ފޮނުވުން)
  • ބަލަހައްޓަމުންގެންދާ މަޝްރޫޢުތައް ސްޓޭޓަސް ރިޕޯޓް ކޮންމެ ހަފްތާއަކު ހަދައި ވެރިންނާއި ހިއްސާކުރުން.
  • މިނިސްޓްރީއިން ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސް ތައްޔަރުކޮށް ބިޑިންގ މަރުހަލާ (މަޢުލޫމާތު ކަރުދާސް ތައްޔާރުކޮށް، މަޢުލޫމާތު ދިނުން އޮންނަ ދުވަހު މަޢުލޫމާތު ދީ، ބިޑް ހުށަހަޅާ ދުވަހު ބިޑްތައް ބަލައިގަތުން) ކުރިއަށް ގެންދިއުން.
  • މިނިސްޓްރީ ރޭވިފައިވާ އަދި ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތަކުގެ އިންސްޕެކްޝަން ދަތުރުތައް ކުރުމަށް ދަތުރު ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް (ދަތުރު ޚަރަދު ހޯދުން، އެޗް.އާރް ސެކްޝަނަށް މަޢުލޫމާތު ދިނުން، އެކޮމަޑޭޝަން ހަމަޖެއްސުން، އަދި ދަތުރާއި ގުޅިގެން ފޮނުވަންޖެހޭ ސިޓީތައް ފޮނުވުން) ކުރުމަށް އެހީތެރިވެދިނުން.
  • މިނިސްޓްރީ ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތައް މޮނިޓަރ ކުރުމަށް އެހީތެރިވެދިނުން.
  • މިނިސްޓްރީ ރޭވިފައިވާ އަދި ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތަކުގެ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމަށް އެހީތެރިވެދިނުން.

ނޯޓް:

  • މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.  
  • މި މަޤާމުގެ އިންޓަރވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  • މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2015 އޮގަސްޓް 09 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބްސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

07 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ