އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސަރފޭސް ޕްރޯ 3 ގަތުމަށް ބޭނުންވެއްޖެ

ކޮމިޝަނުގެ އިދާރާއަށް 6 ސަރފޭސް ޕްރޯ-3 ގަތުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައި ނުވާތީ މި އިދާރާއިން ކުރެވުނު ނަންބަރު: 183/A)AB-2015)(ތާރީޚު: 14 ޖުލައި 2015)ގެ އިޢުލާނާ ގުޅިގެން ބާތިލުކޮށް މި ތަކެތި ގަތުމަށް އަލުން އިޢުލާނުކުރަމެވެ. 

ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ކޮމިޝަނުގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2 އޮގަސްޓު 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް

3 އޮގަސްޓު 2015 (ހޯމަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ހުށަހަޅަންވީ ތަކެތި:

  • ކޮމިޝަނުގެ އިދާރާއަށް މި ޚިދުމަތްތައް ދިނުމަށް ހުށަހަޅާ އަގު:
  • މުއްދަތު:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 20 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • އެމަސައްކަތަކާ ގުޅިގެން ކޮމިޝަނުން ދޭ މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ އެހެނިހެން މަޢުލޫމާތުތައް. 

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނޫން އަންދާސީހިސާބުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބުތައް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރުވެސް އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ.
  • މި އިއުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނަށެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

    އިލެކްޝަންސް ކޮމިޝަނުގެ އިދާރާ

    ހިލާލީމަގު، މާފަންނު

    މާލެ، ދިވެހިރާއްޖެ

                     7 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ