މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

ރެހެންދި ސުކޫލަށް ފަރުނީޗަރ ހޯދުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2014/226 ގެ އިޢުލާނާގުޅިގެން ހެދިފައިވާ އެގްރީމަންޓުގެ މުއްދަތުގެ ތެރޭގައި ތިރީގައި މިދަންނަވާ ތަކެތި ޑެލިވަރީ ކުރެވިފައިނުވާތީ އަލުން މިތަކެތި ހޯދުމަށް އިޢުލާނު ކުރީމެވެ.

26 ވައިޓް ބޯޑް

40 ޓައިޕިސްޓް ޗެއަރ (އަތްގަނޑުލީ)

30 ކޮމްޕިއުޓަރ ޓޭބަލް

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

3 އޮގަސްޓު 2015 (ހޯމަ) ދުވަހުގެ 11:00 އަށް

6 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނަށެވެ.

7 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ