މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސޮފްޓުވެއަރ އާއި ހާޑްވެއަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން

   ޕުރޮޖެކްޓު ނަންބަރު: TES/2015/G-012

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1.  މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އަސިކުޑާ ވޯލްޑް ޕުރޮޖެކްޓަށް ބޭނުންވާ ސޮފްޓުވެއަރ އާއި ހާޑްވެއަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)13-K1/13/2015/223) ގެ އިއުލާނުގައިވާ ކުށެއް އިސްލާޙުކުރުމަށްފަހު އަލުން އިޢުލާނު ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2.  މި މަސައްކަތް ތަކަށް ބީލަން ހުށަހަޅަން ހަމަޖެހިފައިވަނީ 4 ލޮޓަކަށް ބަހައިލައިގެންނެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހަޅާއިރު ވަކި ވަކި ލޮޓުތަކަށް ނުވަތަ ހުރިހާ ލޮޓަކަށްވެސް އަގު ހުށަހެޅިދާނެއެވެ.

    ލޮޓް 1- ސެކިއުރިޓީ އެންޑް ނެޓްވޯކިން

    ލޮޓް 2- ސައިޓް ޓު ސައިޓް ކަނެކްޓިވިޓީ އަޕްގްރޭޑް

    ލޮޓް 3- ޑޭޓާ ސެންޓަރ މެއިންޓަނެންސް އެންޑް އަޕްގްރޭޑް ވޯކްސް

    ލޮޓް 4- މައިކްރޯސޮފްޓު ވިންޑޯސް ސާރވާ ލައިސަންސް

3.  ބީލަމުގައި ބައިވެރިވުމަށް -/500 (ފަސް ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 20 ޖުލައި 2015 އިން 5 އޮގަސްޓު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް މި މިނިސްޓްރީ އިންނެވެ. ބީލަން ފޮތްތައް ސޮފްޓުކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

4.  މި ޕުރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، މި މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގެ ޖަލްސާކުރާ މާލަމުގައެވެ. މި މަސައްކަތާބެހޭ އެއްވެސް ސުވާލެއްވާނަމަ 2015 އޮގަސްޓު 9 ވާ އާދީއްތަ ދުވަހުގެ 1400ގެ ކުރިން މި އިޢުލާނުގެ  8 ވަނަ ނަންބަރުގައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

5.  ޕުރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/30،000 (ތިރީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުންފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6.  ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާސް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓު) ބީލަމާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

7.  ބީލަން ހުޅުވުން އޮންނާނީ 2015 އޮގަސްޓު 17 ވާ ހޯމަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8.  އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

       ޓެންޑަރ އިވެލުއޭޝަން ސެކްޝަން/ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

       އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

       ފޯނު:    3349102، 3349106

       ފެކްސް:  3320706، 3324432                                                                          

       އީމެއިލް:  [email protected] / [email protected]

14 ޖުލައި 2015
ހޯދާ