ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

ދިވެހިބަހުގެ އެކެޑަމީއަށް މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ ޢަދަދު:

1                    

ރޭންކު:

އެމް. އެސް. 3

ކްލެފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ސެކްޝަން:

ތާރީޚާ ބެހޭބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ

ޝަރުޠު:

 

- ތާރީޚު ޢިލްމު (ހިސްޓްރީ) ނުވަތަ އިންސާނީ ޢިލްމު (ހިއުމޭނިޓީސް)ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިއިން ދާއިރާއެއްގައި  6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ތާރީޚު ޢިލްމު (ހިސްޓްރީ) ނުވަތަ އިންސާނީ ޢިލްމު (ހިއުމޭނިޓީސް)ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިއިން ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ

ޝަރުޠު:

- ތާރީޚު ޢިލްމު (ހިސްޓްރީ) ނުވަތަ އިންސާނީ ޢިލްމު (ހިއުމޭނިޓީސް) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިއިން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ތާރީޚު ޢިލްމު (ހިސްޓްރީ) ނުވަތަ އިންސާނީ ޢިލްމު (ހިއުމޭނިޓީސް) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިދާއިރާތަކާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޔުނިޓުގެ މަސައްކަތްތައް ރާވައި މުވައްޒަފުން ލައްވާކުރުވުން.
  2. ދިވެހި ތާރީޚާ ބެހޭ ޞައްޙަ މަޢުލޫމާތު އާންމު ކުރަމުން ގެންދޭތޯ ބެލުން.
  3. ދިވެހިތާރީޚާބެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ރާވައި ފަރުމާކޮށް ހިންގުން. 
  4. ތާރީޚީ ގޮތުން ރާއްޖޭގެ މުހިއްމު ޝަޚުޞިއްޔަތުތައް ހޯދައި އާންމު ކުރަމުން ގެންދިޔުން.
  5. ތާރީޚު ކޮމެޓީ އެކުލަވައި ހިންގުން.
  6. ތާރީޚާއި ބެހޭ ގޮތުން ބޭރު ބަސްބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާ ކުރުން.
  7. ދިވެހިތާރީޚާއި ދިވެހިއަދަބިއްޔާތަށް ހޭލުންތެރިކުރުމުގެ ފޯރަމްތަކާއި މަސައްކަތުބައްދަލުވުންތައް ރާވައި ހިންގުން.
  8. ދިވެހިތާރީޚާބެހޭ ކުރުމުއްދަތުގެ ކޯސްތަކާއި ކިލާސްތައް ފަރުމާކޮށްގެން ހިންގުން.
  9. ދިވެހިތާރީޚާއި ސަގާފަތާގުޅޭ މައުނަވީތަރިކަ ޙިމާޔަތްކޮށް ރައްކައުތެރިކުރާނެ އިންތިޒާމު ހަމަޖައްސައި އެކަންކަންހިންގުން.
  10. ކުޑަކުދިންގެ ހިތުގައި ތާރީޚަށް ލޯބިޖެއްސުމުގައި ކުރަންޖެހޭ ކަންކަން ރާވައި ހިންގުން.
  11. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން  ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

- ތަޢުލީމީ ގޮތުން އެންމެ މަތީ މާކުސް ލިބިފައިވުމާއި، ކަމާގުޅޭ ގޮތުން ލިބިފައިވާ ތަޖުރިބާ، ބަސްދީގަތުން، ދިވެހި ތާރީޚާއި އަދަބިއްޔާތަށް ޝައުޤުވެރިކަން ހުރި މިންވަރާއި އެކަންކަމުގެ ހުރި ޤާބިލްކަން.

- މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

މަޤާމު ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

ރޭންކް:

އެމް. އެސް. 3

ކްލެފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ސެކްޝަން:

ބަހާ ބެހޭބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ / މާލެ

ޝަރުޠު:

- ބަސް (ލޭންގުއޭޖް) ނުވަތަ އަދަބިއްޔާތު (ލިޓްރޭޗަރ) ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިއިންދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ބަސް (ލޭންގުއޭޖް) ނުވަތަ އަދަބިއްޔާތު (ލިޓްރޭޗަރ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިއިން ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ބަސް (ލޭންގުއޭޖް) ނުވަތަ އަދަބިއްޔާތު (ލިޓްރޭޗަރ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިއިން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ބަސް (ލޭންގުއޭޖް) ނުވަތަ އަދަބިއްޔާތު (ލިޓްރޭޗަރ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މިދާއިރާތަކާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތު:

ދިވެހިންގެ އާންމު މުޢާމަލާތުތަކާއި އިދާރީ ހިންގުމާއި ވިޔަފާރިއާއި ތަޢުލީމާއި އެހެނިހެން އާންމު މުޢާމަލާތްތަކުގައި ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދިވެހިބަހުގެ ގަވާއިދާއި ބަސްބޭނުން ކުރުމުގެ ހަމަތަކާ އެއްގޮތަށް ބަސްބޭނުން ކުރުމުން ގެންދާގޮތްތަކާއި ވަޒަންކުރާނޭ ގޮތްތައް ރާވައި ފަރުމާކޮށް ހިންގުން.
  2. ބަހާއި އަދަބިއްޔާތުގެ ދާއިރާއާ ގުޅޭގޮތަށް ފޯރަމްތަކާއި ސެމިނާރުގެ ކަންތައްތައް ރާވައިގެން ހިންގުން.
  3. ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކާ ޚިލާފުވާ މީޑިޔާގެ އެކިއެކި ވަސީލަތްތައް މޮނިޓަރކޮށް އެ ފަރާތްތަކުން އެ ކަންކަން ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ އިންތިޒާމުތައް ހަމަޖއްސައި މީޑިޔާތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ޕްރޮގްރާމްތައް ފަރުމާކޮށްގެން ހިންގުން.
  4. ދިވެހިބަހުގެ މަޢުލޫމާތުތައް އާންމު ކުރުމުގައި، ފަންނީ ކޮމިޓީން ނިންމާ ނިންމުން ތަންފީޒުކުރުން.
  5. ދިވެހިބަސް ބޭނުން ކުރުމުގެ ހަމަތަކާއި އުސޫލުތައް އާންމުންނަށް އޮޅުން ފިލުވައި ދިނުމުގެ ފަސޭހަ ނިޒާމުތައް ރާވައި ހިންގުން.
  6. ހޭލުންތެރިކުރުމުގެ  ޔުނިޓުގެ ހުރިހާ ކަމެއް ރާވައި ބެލެހެއްޓުން.
  7. ދިވެހިބަހާއި އަދަބިއްޔާތާގުޅޭ މައުނަވީ ތަރިކަ ޙިމާޔަތްކޮށް ރައްކައުތެރިކުރާނެ އިންތިޒާމު ހަމަޖައްސައި އެކަން ރާވައި ހިންގުން.
  8. އަދަބީ ޖަމުޢިއްޔާތަކާ އޮންނަ ގުޅުން ހަރުދަނާކުރުމަށާއި ބަދަހިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ރާވައި ހިންގުން.
  9. ބަހާއި އަދަބިއްޔާތުގެ ދާއިރާއާ ގުޅޭގޮތަށް ފޯރަމުތަކާއި، ސެމިނާރުތަކާއި ބައްދަލުވުންތައް ރާވައި ހިންގުން.
  10. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  11. ބަހާއިއަދަބަށް ޚިދުމަތްކުރުމަށްޓަކައި މަދަނީ ޖަމުޢިއްޔާއެއް އެކެޑަމީގައި އުފައްދައި، އެ ޖަމުޢިއްޔާގެ ކަންކަން ރާވައި ހިންގުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

- ތަޢުލީމީ ގޮތުން އެންމެމަތީ މާކުސް ލިބިފައިވުމާއި، ކަމާގުޅޭގޮތުން ލިބިފައިވާ ތަޖުރިބާ، ބަސްދީގަތުން، ދިވެހިބަހާއި އަދަބިއްޔާތަށް ޝައުޤުވެރިކަން ހުރި މިންވަރާއި އެކަންކަމުގެހުރި ޤާބިލުކަން. 

- މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލްކަންހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  4. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު  އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

2015 އޮގަސްޓު 4 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ 2.30

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީ ގައެވެ.

6 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ