މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

                                                          އިޢުލާން

މިނިސްޓްރީ އޮފް ހެލްތުންދޭ މަޢުލޫމާތާއި ޓެކްނިކަލް ސްޕެސިފިކޭޝަނާ އެއްގޮތަށް ތިރީގައި މިދަންނަވާ ތަކެތި ހޯދަން މިނިސްޓްރީ ނަންބަރު (IUL)23-AP/1/2015/166 (16 ޖުލައި 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދޭން ހަމަޖެހިފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވާތީ، އެ އިޢުލާން ބާޠިލުކޮށް މިނިސްޓްރީ އޮފް ހެލްތުން ދޭ މަޢުލޫމާތާއި ޓެކްނިކަލް ސްޕެސިފިކޭޝަނާ އެއްގޮތަށް ތިރީގައި މިދަންނަވާ ތަކެތި ހޯދަން އަލުން އިޢުލާން ކުރަމެވެ.

1- 200KvA ގެ 1 ޖަނަރޭޓަރ

2- 1 ސިންކްރޮނައިޒޭޝަން ޕެނަލް ބޯޑް

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 29 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 05 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު)  ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޝައްވާލް 1436       

21 ޖުލައި 2015
ހޯދާ