ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
36 ސާރކެޓް ޑިސްޓްރިބިއުޝަން ބޮކްސް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޏަށް ބޭނުންވާ 36 ސާރކެޓް ޑިސްޓްރިބިއުޝަން ބޮކްސް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H-2015/94A އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތަށް މާބޮޑު ކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން މިކަމަށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 29 ޖުލައި 2015 އިން 12 އޮގަސްޓު 2015 ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން މެންދުރު 15:00 އާދެމެދު -/100 ޔޫ.އެސް ޑޮލަރ ނުވަތަ އެ އަގަށްވާ ދިވެހި ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 13 އޮގަސްޓު 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި 20 އޮގަސްޓު 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 02 އޮގަސްޓު 2015 އިން 12 އޮގަސްޓު 2015 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 15:00 އާ ދެމެދުއެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 45 ދުވަސް ދެވެންވާނެއެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000.00 (ވިހިހާސް ރުފިޔާ) ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 50 (ފަންސާސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާތިލްވާ މުއްދަތު މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 25 ދުވަސް އިތުރުވާންވާނެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 20 އޮގަސްޓު 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00  އަށް ބީލަން ހުށަހެޅުށްވުން ޢެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ.

                           

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

29 ޖުލައި 2015 އިން – 12 އޮގަސްޓު 2015 އަށް

9:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

02 އޮގަސްޓު 2015 އިން – 12 އޮގަސްޓު 2015 އަށް

9:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

13 އޮގަސްޓު 2015 (ބުރާސްފަތި) ގައި

11:00 ގައި

އަގު ހުށަހެޅުން

20 ޖޫން 2015 (ބުރާސްފަތި) ގައި

11:00 ގައި

07 ޝައްވާލް 1436  

23 ޖުލައި 2015
ހޯދާ